މިސްޓަރ ލަންދޫ އަކަށް މިފަހަރުވެސް ހޮވުނީ ސަޢުދު .

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ލަންދޫ ކައުންސިލުން އިސްނަގައިގެން ޒުވާނުންނާއި ގުޅިގެން ކުރިއަށްގެންދާ ޚާއްޞާ ޢީދުއުފާ ކުޅިވަރު ޕްރޮގްރާމްގައި ހިމަނައިގެން ކުރިއަށް ގެއންދިޔަ “މިސްޓަރ ލަންދޫ” ހޮވުމުގެ މުބާރާތުން މިފަހަރުވެސް އެއްވަނަ ހޯދީ ނ.ލަންދޫ ސާހް އިބްރާހިމް ސަޢުދު އެވެ.

އިއްޔެ މެންދުރު ފަހު 14:30 ގައި ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި 5 ބައިވެރިން ވާދަކޮށްފައިވާއިރު އެންމެ އަވަހަށް ޓާސްކް ތައް ނިންމާ މުބާރާތުގެ އެއްވަނައަށް ކައުންސިލުން ދޭ -/2000ރ. ގެ އިނާމް ހޯދީ އިބްރާހިމް ސައުދުއެވެ. މިއީ ސައުދު މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ މިމުބާރާތް ބާއްވާފައިވަނީ 2011 ވަނައަހަރުއެވެ. އެފަހަރު މުބާރާތ ބޭއްވީ “ލަންދޫގަދަބެ” ގެ ނަމުގައެވެ.

ލަންދޫ ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާ މި މުބާރާތުގައި ސައުދުގެ އިތުރުން ދެންވާދަކޮށްފައިވަނީ މުސްތަރީގެ އިސްމާޢިލް ޢައްފާން އާއި، ސައްކެޔޮގޭ ޙަސަން މުޙައްމަދު އާއި، ހަމަ އެގޭ ޢަލީ ސިޙާންއާއި، ނިޝާން އަޙްމަދު ފަޒްލީން އެވެ.

ސައުދު މި މުބާރާތުގެ އެއްވަނަ ހޯދީ 1 މިނިޓް 37 ސިކުންތުން ހުރިހާ ޓާސްކެއް ނިންމައިގެންނެވެ. ދެވަނައަށް ނިންމީ ޢައްފާން އެވެ. އޭނާ ނިންމާފައިވަނީ 1 މިނިޓް 54 ސިކުންތުންނެވެ. 3 ވަނައަށް ނިންމި ޙަސަން މުޙައްމަދު ނިންމުނީ 2 މިނިޓް 5 ސިކުންތުންނެވެ.

މިމުބާރާތަށް ކަނޑައެޅި ފައިވާ ފައިސާގެ އިނާމާއި ލަންދޫ ކައުންސިލުން ދޭ ހަނދާނީ ލިޔުން ދީފައިވާނީ ރޭ ބޭއްވި ބައިބަލާ ފައިނަލްމެޗް ނިމުމަށްފަހު އެ ރަސްމިއްޔާތުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޢީދު ޗުއްޓީއަށް އައި ގިނަޢަދަދެއްގެ މީހުން މިއަދު ފުރައިފި.

މިއަހަރުގެ އަޟްޙާ ޢީދުގެ ދިގުޗުއްޓީއަށް ރާއްޖެތެރޭގެ ރަށްރަށަށް އައި ގިނަ ޢަދަދެއްގެ މީހުން ޢީދު ނިންމާލުމަށްފަހު މިއަދު ފުރައިފިއެވެ. ނ.އަތޮޅުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz