ފ.ނިލަންދޫއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟީލާ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް އިއްޔެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން، ފ.އަތޮޅު ކައުންސިލާއި، ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަން، އަދި ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި އެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓީގެ މަސައްކަތްތައް އޮޅުންފިލުއްވައި، ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންގެންދާތީ، މިފަދަ ޢަމަލުތައް މިނިސްޓަރ ޒެނީޝާ ކުށްވެރިކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ނާޖާއިޒު ފައިދާ ދިވެހި މުޖުތަމަޢުގައި މަދުން ނަމަވެސް ނަގަމުންގެންދާކަން ފާހަގަކުރައްވައި، އެ ފަދަ ޢަމަލުތައް …

ޚިޔާލެއްދެއްވާ

avatar
wpDiscuz