މިހަފްތާގައި ލަންދޫ ފުޓްބޯޅަ ޓީމު ހެނބަދޫ އާއި ދެކޮޅަށް

ލަންދޫ ފުޓްބޯޅަ ޓީމު އެކުވެރި ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިހަފްތާގައި ނ.ހެނބަދޫގެ ފުޓްބޯޅަ ޓީމާއި  ބައްދަލު ކުރާގޮތައް ހަމަ ޖެހިއްޖެއެވެ. މިއީ ސިލްސިލާ މެޗްތަކުގެ ތެރެއިން މިއަހަރު ކުޅެން ހަމަޖެހިފައިވާ 3 ވަނަ މެޗެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ލަންދޫ ފުޓްބޯޅަ ދަނޑުގައެވެ. ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު ކުޅުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުން ލަންދޫ ފުޓްބޯޅަ ޓީމު ވަނީ 4 – 2 ލަނޑުން ކެނދިކުޅުދޫގެ ފުޓްބޯޅަ ޓީމުގެ އަތުން ބަލިވެފައެވެ. މިމެޗަށްފަހު ލަންދޫ ފުޓްބޯޅަ ޓީމަށް ގިނަފަރާތްތަކަކުން ދަނީ ފާޑުކިޔަމުންނެވެ.

ލަންދޫގެ ފުޓްބޯޅަ ޓީމާއި ހެނބަދޫގެ ފުޓްބޯޅަ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ލަންދޫގައެވެ. އެމެޗަކީ މިނިވަން 50 ޗެމްޕިއަންޝިޕް އަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗް 3 ލަނޑު 1 ލަނޑުން މޮޅުވެފައިވަނީ ލަންދޫގެ ފުޓްބޯޅަ ޓީމެވެ.

މިއީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ‘ސިޔާމް މައުރޫފް ސޮކަ ކަޕް’ ފުޓުބޯޅަ މުބާރާތަށް ތައްޔާރުމުގެ ގޮތުން ފަށާފައިވާ ސިލްސިލާ ފުޓްބޯޅަ މެޗުތަކެކެވެ.

ސަޕޯޓަރުންގެ ފާޑުކިޔުން އުފަލާއި އެކު ބަލައިގަންނަ ކަމަށާއި އެހެން ނަމަވެސް މޮޅުވުމަށް ވުރެ ޓީމުގެ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަކީ އެންމެ މުހިއްމު ޓާގެޓްކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ސަޕޯޓަރުން ބޭނުންވާފަދަ ރީތި ފުޓްބޯޅަ އެއް ލަންދޫ ފުޓްބޯޅަ ޓީމުގެ ފަރާތުން ފެންނާނެ ކަމަށް ޓީމުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިބްރާހިމް ސައުދު މައުލޫމާތު ދެއްވިއެވެ.

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz