މި އަހަރުވެސް ޖުލައި 26 ކުލަގަދަކޮށް ފާހަގަކުރަނީ

ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް ލަންދޫގައި ޖުލައި 26 ކުލަގަދަކޮށް ފާހަގަކުރުމަށް ލަންދޫގައި ޤާއިމުވެފައިވާ ސަރުކާރު މުއައްސަސާތަކުން ތައްޔާރުވާން ފަށައިފިއެވެ.

މިގޮތުން ލަންދޫގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އިސް މުއައްޒަފަކު ހިމެނޭގޮތުން ރޭގައިވަނީ ލަންދޫކައުންސިލް ޢިދާރާގައި ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުން ވަނީ މިއަހަރުގެ ޖުލައި 26 ގައި ހިންގާނެ ހަރަކާތްތަކެއް ނިންމާފައެވެ.

ލަންދޫއިންފޯއިން އިސްނަގައިގެން ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މިދިޔައަހަރު ޖުލައި 26 ފާހަގަ ކުރުމަށް ބޭއްވުނު އެންމެ ހާއްޞަ އައިޓަމްކަމަށްވާ ފުޓްބޯޅަ މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން ހަދިޔާ ބަދަލުކުރަނީ / ފޮޓޯ:ލައިބު

މިގޮތުން މިއަހަރުގެ ޖުލައި 26 އާއި ގުޅުވައިގެން ހިންގުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކަކީ 26 މެޗާއި، 35 އަހަރުން މަތީގެ ފިރިހެން ވެރިންނަށް ހާއްޞަ ފުޓްބޯޅަ މެޗަކާއި ، އަދި އަންހެން ވެރިންނަށް ބާއްވާ ނެޓްބޯޅަ މެޗަކާއި އަދި ބަށިމެޗެކެވެ.

 

ރޭގެ ބައްދަލުވުމުގައިވަނީ ހަރަކާތްތައް ހިންގުމުގައި ލީޑުކުރާނެ މުއައްސަސާތައް ކަނޑައަޅާ މުއައްސަސާތަކާއި ހަވާލުކޮށްފައެވެ.

ލަންދޫގެ ތާރީޙުގައި މިހާތަނަށް އެންމެ ފުރިހަމަ ގޮތެއްގައި ފާހަގަ ކުރެވުނު ޖުލައި 26 ގެ ހަރަކާތްތަކެއްގެ ގޮތުގައި ލަންދޫގެ ރައްޔިތުން ފާހަގަ ކުރަނީ ވޭތުވެދިޔަ އަހަރު “ލަންދޫއިންފޯ” އިން އިސްނަގައިގެން ލަންދޫގެ މުއައްސަސާތަކާއި ގުޅިގެން ބޭއްވުނު ހަރަކާތްތަކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz