އެމްޑީޕީ ގެ ޕްރައިމަރީ މިމަހުގެ 30 ގައި – ވާދަކުރައްވަނީ ޖަޒީރާ ރައީސް އެކަނި.

މި މަހުގެ 30 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަން އެޕާޓީން ނިންމާފައިވާއިރު އަދި މިހާތަނަށް ޕްރައިރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެމަނިކުފާނުގެ މިފަހަރުގެ ކެމްޕެއިންގައި ވާދަކުރައްވާނީ “ޖަޒީރާ ރައީސް” ގެ ސްލޯގަންއާއި އެކުގައި ކަމަށް އެމަނިކުފާނުވަނީ އިޢުލާންކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ އިރު އަދިއެކަމަށް ނަޝީދު ފިޔަވައި އިތުރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވެއެވެ. މީގެ ކުރިން ޕްރައިމަރީގައި ވާދަކޮށްފާނެކަމަށް އަޑު ފެތުރުނު ކުރީގެ މަޖްލިސްގެ ރައީސް އަބްދުﷲ ޝާހިދު މިވަނީ ރައީސް ނަޝީދު އާއި ބައިއަތު ހިއްޕަވައި، ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން ހާމަކޮށްފައެވެ.

ޖަޒީރާ ރައީސްގެ ގޮތުގައި ނަޝީދު “މާ ފުރިހަމަ އެހެން ރާއްޖެއަކަށް” ދަތުރު ފައްޓަވާ އިރު އަދިވެސް އެމަނިކުފާން ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގެ ކަސްތޮޅުގައެވެ. ސަރުކާރުން ބުނަމުންދަނީ ސްޕުރީމް ކޯޓަކަށްވެސް ނަޝީދުގެ ހުކުމް ބާޠިލް ކުރަން ލާހިކައެއް ނޫންކަމަށެވެ.

ނަމަވެސް އދ. އާއި ބައިނަލް އަގްވާމީ ދުނިޔެއިން ގޮވާލަމުންދަނީ ނަޝީދުގެ ހުކުމް އުވާލައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި މީގެ އިތުރުން އިދިކޮޅު ސިޔާސީ މާހިރުންވެސް ބުނަމުންދަނީ މި އިންތިޚާބުގައި ނަޝީދުވާކުރަވާނެކަމަށާއި އެފުރުޞަތު އެމަނިކުފާނަށް ދޭން މަޖުބޫރުވާނެކަމަށެވެ.

މިމަހުގެ 30 ވަނަދުވަހު ވޯޓުނެގުން ބޭއްވުމަށް ހަމަޖެހިފައިވާއިރު ވޯޓްފޮށިތައް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކާއި ފަސް ޤައުމެއްގައި ބެހެއްޓުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

އެމްޑީޕީ ބުނީ ޕްރައިމަރީގައި ވޯޓްލުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ސްރީލާންކާގެ ކޮލޮމްބޯ އަދި ކެންޑީގައި ވޯޓް ފޮށި ބަހައްޓާނެކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ބެންގަލޫރުގެ އިތުރުން މެލޭޝިޔާގެ ކުއަލާލަމްޕޫރާއި އިނގިރޭސި ވިލާތުގެ ލަންޑަނުގައިވެސް ވޯޓްފޮށި ބަހައްޓާނެކަމަށް އެމްޑީޕީން ބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރޮހިންޔާ ދަރިކޮޅުގެ ހައްޤުތައް ހިމާޔަތް ކޮށްދޭން ޖެހޭނެ: ރައީސް މުޙަންމަދު ނަޝީދު

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވަން އެ ގައުމުގެ ލީޑަރު އަން ސަން ސޫޗީއަށް ޖެހިވަޑައިގަންނަވާނެ ކަަމަށް …

ޚިޔާލެއްދެއްވާ

avatar