މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގަތުމުން ދަންނަވާފައިވަނީ ވަރަށް ހޫނު މަރުޙަބާއެއް / ފައިލްފޮޓޯ

މޭ 7 ގެ ކުރިން ހުރިހާ ކުދިން ޓެބްލެޓް ބޭނުންކުރަން ފަށާނެ – މިނިސްޓަރ

މިއަހަރުގެ މޭ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވަމުންދާ ހުރިހާކުދިންވެސް ޓެބް ބޭނުންކޮށްގެން ކިޔަވަން ފަށާނެކަމަށާއި، އެންމެ ފަހު ޑޭޓަކީ މޭ 7 ކަމަށް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބައެއް މީޑިއާ ތަކަށް ދެއްވި އިންޓަވިއު އެއްގައެވެ. އަވަސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓަރ ވިދާޅުވީ ކިޔެވުމުގެ ދާއިރާ ޓެކްނޮލޮޖީގެ ގޮތުން އިންގިލާބީ ބަދަލަކާއި ދިމާލަށް ދާއިރު ޓެކްނޮލޮޖީގެ ދާއިރާގެ އެހެން ކުންފުނިތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކަމަށާއި އެކަމާ ގުޅުންހުރި ކުންފުނިތަކާއި މަޝްވަރާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޓެބްލެޓްގެ ހިދުމަތް ފެށުމުގެ ލޯންޗިން ޑޭޓެއްގެ ގޮތުގައި މޭ މަސް ހަމަޖައްސާފައިވާއިރު އެ ތާރީހަކީ އޭގެތެރެއިން އެންމެ ކުޑަ ސުކޫލު ނުވަތަ ރިމޯޓް ސުކޫލުގައި އެ ހިދުމަތް ފޯރުކޮށްދެވޭނެ ތާރީހު ކަމަށެވެ. އަދި ވިދާޅުވީ، މަސައްކަތްތައް އެންމެ ކުރިން ނިމޭ ސުކޫލުތަކަށް އެ ހިދުމަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވިކަމަށް “އަވަސް” ގައިވަނީ މިއަހަރު ސުލޫކުތަކުގެ ކޮންމެ ދަރިވަރެއްގެ އަތުގައި އަދި ޓީޗަރެއްގެ އަތުގައިވެސް ޓެބްލެޓެއް އޮންނާނެ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާއަކީ އެއަށް ފަރިތަކޮށް ދަސްކޮށްދިނުން ކަމަށާއި އެކަން ސުކޫލުތަކުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށެވެ. އަދި އެކަން އިންތިޒާމް ކުރެވިފައިވަނީ ފަސްޓް ޓާމް ތެރޭގައި ކަމަށެވެ.

ރާއްޖޭގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ފަށާއިރު މިކަން މިހާތަނަށް ވަނީ ބައެއް ސްކޫލްތަކުގައި ތަޖްރީބާ ކުރަން ފަށާފައެވެ. އެގޮތުން ތ.ކިނބިދޫއާއި ، ނ.ލަންދޫ ފާހަގަކޮށްލެވެއެވެ. މި ދެސްކޫލުންވެސް ބުނާގޮތުން މިއީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިދާނެ އާތަޖްރިބާއެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ އަތޮޅުތަކަށް – އެޑިޔުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތައް ދަރިވަރުންނަށް ބަހަން ފަށައިފި ކަމަށާއި، ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ …

ޚިޔާލެއްދެއްވާ

avatar