މަވެސް ޕީޕީއެމް – 2696 މީހުން އިތުރަށް ޕާޓީއާ ގުޅިއްޖެ.

“މަވެސް ޕީޕީއެމް” ނަމުގައި ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީން ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން 2696 މީހުން ސަރުކާރު ހިންގާ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ޕީޕީއެމްއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތައް ވަނީ “މަވެސް ޕީޕީއެމް” ނަމުގައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ، ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާ ހަވާލުކޮށްފައެވެ.

ޕީޕީއެމް އިން އަންނަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި ރަށު ގޮފިތައް ހެދުމާއި، އަވަށު ގޮފިތައް ހަދާ ރަޖިސްޓްރީ ކުރުންފަދަ ޙަރަކާތްތައް ދަނީ އެޕާޓީގެ ފަރާތުން ހިންގަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz