މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަހުގެ ބާވަތްތަކުން ޑިއުޓީ ކެނޑިގެންދާނެ – ޑރ.ޝައިނީ

ޗައިނާއެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަހުގެ ބާވަތްތަކުން ޑިއުޓީ ކެނޑިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޗައިނާއާއި އެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވަމުން ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މީގެ ކުރިންވެސް މި ކަހަލަ ބައެއް އެއްބަސްވުންތައް ރާއްޖެއިން އެކުލަވާލާފައިވާކަމަށެވެ. މިގޮތުން ސާކުގެ ޤައުމުތަކުގެ މެދުގައި މިހާރުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް “ސަފްޓާ”ގެ ނަމުގައި ހެދިފައިވާކަމަށާއި އޭގެ އެއްވެސް ފައިދާއެއް ރާއްޖޭއަށް ލިބެމުންނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާއާއެކު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް އެއްވެސް ޑިއުޓީއަކާއި ނުލައި މަސްއެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވުރެ ޗައިނާއަށް ފައިދާވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ ޝައިނީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް އިދިކޮޅު ފަރާތްތަކަށް ބުނެދެވިފައިނުވާކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުން އަވަށްޓެރި އެއްވެސް ޤައުމަކަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އަވައްޓެރި ޤައުމުތަކުންވެސް އެހެން ޤައުމުތަކާއެކު ފްރީ ޓްރޭޑް އެގްރީމެންޓްތައް ހަދާފައިވާކަމަށާއި މިފަދަ އެގްރީމެންޓްތައް ހެދުމަކީ ހުރިހާ ޤައުމަކުންވެސް ތާޢީދުކުރާކަމެއް ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީސީން މި ހޯއްދަވައިދެއްވި ކާމިޔާބީގެ ސަބަބުން މުޅި ޤައުމު ފަޚްރުވެރިވޭ – ޑރ.ޝައިނީ

ޓީސީން މި ހޯއްދަވައިދެއްވި ކާމިޔާބީގެ ސަބަބުން މުޅި ޤައުމު ފަޚްރުވެރިވާކަމަށާއި، މިއީ ޤައުމީ ކަމެއްކަމަށް ޑރ.ޝައިނީ ވިދާޅުވެއްޖެއެވެ. ޑރ.ޝައިނީ މިހެން …

ޚިޔާލެއްދެއްވާ

avatar
wpDiscuz