މައުލޫމާތު ދިނުމުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ލަންދޫސްކޫލްގެ ދަރިވަރުންނަށް ދީފި.

ނ.ލަންދޫ ޕޮލިސްޓޭޝަން އާއި، ލަންދޫ ސްކޫލް ގުޅިގެން ލަންދޫސްކޫލްގެ ކީސްޓޭޖް 1 ގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު ދީފިއެވެ.

މިއަދު މެންދުރުފަހު ލަންދޫސްކޫލްގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ސެޝަންގައި މައުލޫމާތު ދެއްވީ ޕޮލިސް ލާންސް ކޯޕްރަލްސް އަލްފާޟިލް އިބްރާހިމް މުއާޒު އެވެ. މަގުމަތީގައި ކުޑަކުދިން ބައިސްކަލް ދުއްވުމާއި، އެކަނި މަގުމައްޗަށް ނުކުމެ އުޅޭއިރު އެކުދިން ސަމާލުކަން ދޭންޖެހޭ ގިނަކަންކަން އެކުދިންގެ ވިސްނުމާ ގުޅޭގޮތަށް މުއާޒު މިސެޝަންގައި މައުލޫމާތު ދެއްވަމުން ކިޔައިދެއްވިއެވެ.

މިއަދުގެ މި ސެޝަންގައި ލަންދޫ ސްކޫލްގެ ގްރޭޑް 1 ،2 އަދި 3 ގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

ލަންދޫޕޮލިސް ސްޓޭޝަނުން ބުނީ މިފަދަ އިތުރު ސެޝަންތަކެއް އަދިވެސް ކުރިއަށް އޮތްތާންގައި ކުރިއަށް ގެންދަވާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު އެ ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ލަންދޫސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz