ލަންދޫ ” އެތެރެފަޅު “

          އ.ދ

ލަންދޫ އަކީ ތާރީޚްގައި މާޚާއްޞަ ޤަދަރެއް ދޭރަށެއް

     ލަންދޫގެ އެކިއެކި ތަންތަނުން ފެނިގެންދަނީ ހަމަ ހެކިތަކެއް

ލަންދޫ “އެތެރެފަޅަކީ” ވަރަށް ހިތްގައިމު ރީތިވި މަންޒިލެއް

     ދޮންވެލި ތުނޑީގެ އަމާން ކަމެއް ލިބިގެންއެވާ ނަލަގޮނޑުދޮށެއް

މޫދެއް އޮވޭ ފުން ނޫނަކަސް ކުދިކުދިމުރަކަގާ ހުއްޓަކަސް

      މޫދަށް އެރެން ހެޔޮވަރު އެއީ ތަނަވަސް އުފާވެރި ފަހިތަނެއް

ޕިކްނިކް ދަތުރުތައް ގޮސްއުޅެން މާރީތި ނަލަނަލަ ފަރިތަނެއް

     ފިކުރެއްކުރާން ޖެހުމެއް ނުވާ މާހިތްގައިމު ރައްކާތެރި ތަނެއް

ޅަކުދިން ގޮވައިގެން އެތަނުގައި ގޮސްކުޅެ ހަދާލަން އުޅުމުގައި

      ތަކުރާރުކޮށް ބުނަމޭ އެއީ ނެތްފަދަ މިސާލު  އެހެންތަނެއް

މިތަނަށް ޒިޔާރަތް ކޮށްހަދާ މިތަނުގަ މަޖާކޮށް ކުޅެހަދާ

     މިތަނުގެ އޮޔާވައި ދެކެލުމަށް ގޮސްލަން ރަނގަޅު ފައްކާތަނެއް

 

1 ނޮވެމްބަރ 2017

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz