ހަމަ ބުނެލީ!

ހަމަބުނެލީ!

އ . ދ

އެކަކުވެސް ނޭދޭނެހޭ؟ އަނެކާ އަކަށް ހެޔޮ މޮޅުގޮތެއް

            އެކަކު ނަމަވެސް ހުރުމަކީ އެކަށޭނަކަމެކޭ ހަމަތެދޭ

ހީކުރާ ގޮތަކަށް ކަމެއްނުވެ ދިއުމަކީ ހަމަ ގާތްކަމެއް

            ހީކުރާށޭ އެންމެނެއް އެއްގޮތް ނުވާނޭ ހަމަ ތެދޭ

ހީކުރާ ނަމައީ ނުބައިކޮށް ކޮންމެކަމަކާ މެދު ތިބާ

            ހީނުވާ ވަރު ބޮޑެތި ކެހިތައް ލިބިހިނގައިދޭ ހަމަތެދޭ

ކޮންމެ ކަމަކަށްވެސް އޮވޭ ނުބަޔާ، ހެވާ، ދެރަޔާ، މޮޅާ

            ކޮންމެހެން ހުރިހާ ކަމެއް އެއްގޮތް ނުވާނޭ ހަމަތެދޭ

މީހަކަށް މީ ބަދުބަހެއް ނޫނޭ މިތާ ބުނެލާ އިނގޭ

            މީހަކަށް ރައްދެއް ޖަވާބެއް ދޭކަށެއް ނޫން ހަމަތެދޭ

 

 

5 ނޮވެމްބަރ 2017

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz