ފަތިހު ހިނގާލަން ނުކުންނަމާތޯ!

   އ . ދ

      *************************

          ހިނގާލަން ފަތިހު ނިކުތުމުން ލިބި އެ ބުންވަރު

      ފިލައިގެން ދެއޭ ފޫހިކަން ލިބި އެ ހިތްވަރު

          މިލާ މޯޅިކަންހުރި ހިތާމައިގެ ކުލަވަރު

       ފިލާ މޮޅިތަކުން މިންޖު ކޮށްދޭނެ ކަށަވަރު

         ލިބޭ ކަސްރަތުން ލޭގެ ދަށްވާނެ ޕްރެޝަރު

        ހިނގޭނަމަ ބަލައިގެންނެ ވަރުބަލި ނުވާވަރު

         ހިނގާނަމަ ވެޔޭލުއި އެ ބަރުދަނުގެ މިންވަރު

        ހިނގާލަން ދެވޭނަމަ ނުކުޅުނަސް އެ ކުޅިވަރު

         ލަފާދެއްވައޭ ފަތިހު ހިނގުމަށް އެ ޑޮކްޓަރު

        ނަފާވާގޮތަށް ހިތުގެ ހިނގުމުގެ އެ މިންވަރު

         އަރާށޭ ޖޮގިން ބޫޓަކަށް ރަނގަޅު ފެންވަރު

        ބަރާބަރު  ކަމާއެކު  ފަޔަށް ލާށެ ހެޔޮވަރު

         ރަނގަޅު ހެޔޮ ވަގުތަކަށް ބަލާށޭ ފަށާއިރު

        ރަނގަޅު ނަމަ އެއީ މޫސުމީ ނަލަ ދުވަސްވަރު

         ވަރަށް ރަނގަޅު ކަމެކޭ ބުނާތީ އިވޭއިރު

        ވަރަށް ހެޔޮހިތުން ބުނަމެ ކަތުނަށް ފުރާވަރު

 

6 ނޮވެމްބަރ 2017

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz