ލަންދޫގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑުޖަމާޢަތުގައި

1439 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ލަންދޫގައި ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާޢަތުގައި ކަމަށް ލަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާނު ޢަބްދުލް ޣަނީ ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކުރުން އޮންނާނީ ބޮޑުޖަމާޢަތުގައިކަމަށާއި އެގޮތުން މޫސުން ތަންދޭނަމަ ޢީދު ނަމާދުކުރުން އޮންނާނީ ލަންދޫ ފުޓްސަލް ދަނޑުގައިކަމަށެވެ.

ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމުގެ ގޮތުން މިއަދު ހަވީރު ފުޓްސަލް ދަނޑު ތައްޔާރުކުރުން އޮންނާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އަދި ޢީދު ނަމާދުކުރުމަށް ބޭނުންކުރާނެ ސައުންޑް ނ.މާޅެންދޫއިން މިއަދުގެ ވަގުތެއްގައި ގެނެވޭނެކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ފިޠުރު ޢީދު ނަމާދު ލަންދޫގައި އިމާމުވެ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު އެވެ.

ލަންދޫގައި ބޮޑުޖަމާޢަތުގައި ޢީދު ނަމާދުކުރަންފެށީ 2017 ވަނައަހަރުގެ އަޟްޙާ ޢީދު ނަމާދުން ފެށިގެންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބަރަކާތްތެރި ފިތްރު ޢީދުގެ ހެޔޮއެދުމާ ތަހުނިޔާ!

ބަރަކާތްތެރި ފިތްރު ޢީދުގެ ހެޔޮއެދުމާ ތަހުނިޔާ ލަންދޫއިންފޯގެ އެންމެހައި  ކިޔުންތެރިންނަށް އަދި ޢާއްމުކޮށް އެއްމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. …

ޚިޔާލެއްދެއްވާ

avatar