ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގައި ދަރިވަރުންތަކެއް ޤުރްއާން ކިޔަވަނީ

ލަންދޫގައި އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް ގެ ކޯހެއް ފަށަނީ

ނ.ލަންދޫގައި އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް ގެ ކޯހެއް ފެށުމަށް އިޢުލާންކޮށްފިއެވެ.

ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން 11 ޖޫން 2018 ވަނަ ދުވަހު ކުރި އިޢުލާނުގައި ބުނާގޮތުން މިކޯސް ހިންގުމަށް ހަމަޖެހިފަވަނީ އީފިއަސް ކޮލިޖިއޭޓްއާއި ގުޅިގެންނެވެ.

ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުން އެ އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ ލަންދޫގެ ޤުރްއާން އުސްތާޒު އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވީ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔާވަ ކޮންމެ ދުވަހަކުވެސް ގަޑިނަގާގޮތަށެވެ. މިކޯހުގައި ޤުރްއާން، ދިވެހި ބަސް، ޢަރަބިބަހުގެ އިތުރުން އިސްލާމީ ފިޤުޙު އާއި އިސްލާމިކް ސްޓަޑީޒް ވެސް ކިޔަވައިދެއްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކިޔަވައިދެއްވުމަށް ހަމައްޖަސަން ޖެހޭ ހުރިހާ ޓީޗަރުން މިހާރު ހަމަޖެހިފައިވާކަމަށާއި ޖުމުލަ 4 ޓީޗަރުން މިކޯހަށް ކިޔަވައިދިނުމަށްޓަކައި ޙަރަކާތްތެރިވެލައްވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަށުން ބޭރުން އެއްބޭފުޅަކު ދުރުވާނެކަމަށާއި އެއީ ޢަރަބި ބަސް ކިޔަވައިދެއްވުމަށް ކަމަށެވެ.

21 ޖޫން 2018 ވަނަދުވަހުގެ 14:00 ށް ކޯހަށްވަނުމުގެ ފުރުޞަތު ބަންދުވާނެކަމަށް އެ އިޢުލާނުގައިވެއެވެ.

10 ޖޫން 2018 ވަނަ ދުވަހުގެ އެ އިންސްޓިޓިއުޓުގެ ފަރާތުންވަނީ ޢަރަބި ބަހުގެ ސެޓްފިކެޓް ލެވެލް 1 ގެ ކޯހެއް ހިންގުމަށްވެސް އިޢުލާންކޮށްފައެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީ.ކިޔު.އައި އާއި ލަންދޫ ކައުންސިލާ ގުޅިގެން ދީނީ ދަރުސް ޕްރޮގުރާމުތަކެއް ކުރިއަށް ގެންދަނީ

ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓާއި ލަންދޫ ކައުންސިލާ ގުޅިގެން ލަންދޫގައި ދީނީ ދަރުސް ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ …

ޚިޔާލެއްދެއްވާ

avatar