ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް އެސްކޫލްގައި އިއްޔެ ފަށައިފިއެވެ.

އެސްކޫލްގެ 3 ހައުސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެމެޗްގައި އިއްޔެ ސީނިއަރ ބައިން ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކުރި އިރު ޖޫނިއަރ ބައިން ވެސް މިދެހައުސްއިން ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ.

ސީނިއަރ ބައިން އިއްޔެ ގެ މެޗްގައި ރެހެންދިއާއި ދޮށިމޭނާ ބައްދަލުކޮށް 4 ޕޮޓް 2 ޕޮޓުން މެޗް ކާމިޔާބުކުރީ ރެހެންދި ހައުސް އެވެ. އަދި ޖޫނިއަރ ބައިން 9 ޕޮޓް 2 ޕޮޓުން މެޗް ކާމިޔާބުކުރީ ރެހެންދި ހައުސް އިނެވެ.

މި މުބާރާތުގެ އިއްޔެގެ ދެމެޗްގެވެސް ޝަރަފްވެރި މެހްމާނަކީ ލަންދޫ ކައުންސިލްގެ އެޑްމިން އޮފިސަރ އަލްފާޟިލާ އައިޝަތު ޝިފާޒާ އެވެ.

މެޗް ފެށުމުގެ ގޮތުން ޝަރަފްވެރި މެހްމާނާ ވަނީ ދެޓީމްގެކުޅުންތެރިންނާއި ސަލާމް ކުރައްވާފައެވެ.

މުބާރާތުގެ ދެބައިން ކޮންމެ ބަޔަކުން މެޗެއް މިއަދުވެސް އޮންނާނެކަމަށް ލަންދޫސްކޫލުން މައުލޫމާތު ދެއްވައެވެ. މިއަދު ބައްދަލުކުރާނީ ސިއްތިމާވާ ހައުސްއާއި، ރެހެންދި ހައުސް އެވެ. މިއަދު މެޗްވެސް ފެށޭގަޑިއަކީ ހަވީރު 4:15 އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ލަންދޫސްކޫލަށް ޒިޔާރަތެއް ކޮށްފި.

ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން މިއަދު ނ.ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް …

ޚިޔާލެއްދެއްވާ

avatar