ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފި.

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ސްކޫލްގެ ދޮށިމޭނާ ހައުސް ހޯދައިފިއެވެ.

ދޮށިމޭނާ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ރެހެންދި ހައުސްއާއި ބައްދަލުކޮށް 23 ޕޮޓް 6 ޕޮޓުންނެވެ.

މިއަދު ހަވީރު ލަންދޫސްކޫލްގެ ނެޓްބޯޅަ ކޯޓްގައި ކުޅުނު މި ފައިނަލްމެޗްގައި ދެޓީމުންވެސް ކުޅުނީ ފުދޭވަރަށް ފޯރިގަދަކޮށްނެވެ. ނަމަވެސް ފެށުނީއްސުރެ ނިމެންދެންވެސް މެޗް ގެ ލީޑު ބޮޑުތަފާތަކުން ނަގަމުން ގެންގޮސްފައިވަނީ ދޮށިމޭނާ ހައުސްއިންނެވެ.

10 މިނިޓްގެ 4 އޯވަރ ކުޅުނު މިމެޗްގެ ކޮންމެ އޯވަރެއް ނިމުނު އިރުވެސް ކުރީގައި އޮންނަނީ ދޮށިމޭނާހައުސްއެވެ. ފައިނަލް މެޗް ނިމުމުން މެޗްގެ ކްއީންއޮފްދަ މެޗަށް ހަނދާނީ ލިޔުން އޮތެވެ. ހަނދާނީ ލިޔުން ދެއްވީ ނ.ފޮއްދޫ ސްކޫލްގެ ލީޑިންގޓީޗަރ އަލްފާޟިލް އާދަމް އަޙްމަދު ފުޅެވެ.

ލަންދޫސްކޫލުންބުނީ މުބާރާތުގެ ވަނަތަކަށާއި، ޗެމްޕިއަންޓީމަށާއި އަދި ރަނައަޕް ޓީމަށް ދޭ ޝީލްޑާއި، މެޑަލްދޭނީ އެކަމަށް ޚާއްޞަކޮށްގެން ފަހުން ބާއްވާ ޚާއްޞަ ރަސްމިއްޔާތެގައި ކަމަށެވެ.

ގިނަޢަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުން މިއަދު މެޗް ބެލުމަށް ހާޒިރުވެފައިވީއިރު މިއަދުގެ މެޗްވެގެން ގޮސްފައިވަނީ މިފަހަކަށްއައިސް ބެލެނިވެރިން އެންމެ ފޯރިގަދަ ސަޕޯޓެއް ކުރި މެޗަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަރުކާރު ޓީމުގެ އަތުން ބޮޑުތަފާތަކުން ޒުވާނުންގެ ޓީމު ބަލިވެއްޖެ.

މިއަހަރުގެ މިނިވަންދުވަސް ނ.ލަންދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން އެކުލަވާލި ކުޅިވަރު ޕްރޮގްރާމްގެ އެންމެ ފަހު ހަރަކާތެއްގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz