މޭން އޮފް ދަ މެޗްގެ ސެޓްފިކެޓާއި ޝާނިފް ހަވާލުވަނީ / ފޮޓޯ: ލަންދޫއިންފޯ

ލަންދޫސްކޫލްގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް ބޮޑުތަފާތަކުން “ދޮށިމޭނާ” ކާމިޔާބުކޮށްފި.

ނ.ލަންދޫ ސްކޫލްގައި މިހާރު ކުރިއަށްދާ އެސްކޫލްގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް ބޮޑު ތަފާތަކުން ދޮށިމޭނާ ހައުސް ކާމިޔާބުކޮށްފިއެވެ.

މި މެޗް ދޮށިމޭނާ ކާމިޔާބުކޮށްފައިވަނީ ރެހެންދި ހައުސްއާއި ބައްދަލުކޮށް 7 – 1 ންނެވެ.

މިއަދު ހަވީރު ލަންދޫ ސްކޫލްގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ކައުންސިލް އިދާރާގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ފަޒީލް ޙަސަން އެވެ.

މިއަދުގެ މެޗްގައި ދޮށިމޭނާ ހައުސްއިން ތަފާތު މޮޅު ކުޅުމެއް ދެއްކި ކަމުގައި ވިޔަސް ރެހެންދި ހައުސްއަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުޞަތު ތަކެއް ލިބި ކާމިޔާބު ނުކުރެވި ދިޔައެވެ.

ދޮށިމޭނާ ހައުސްއިން ލަނޑު ތައް ޖަހާފައިވަނީ އެޓީމްގެ ޖަރޒީ ނަމްބަރ 10 މުޙައްމަދު ޝާނިފް އާއި، ދޮށިމޭނާ ހައުސްގެ މިމެޗްގެ ކެޕްޓަންކަން ކުރި އިބްރާހިމް ވިޝާލް އެވެ. މިމެޗްގައި ޝާނިފް ހެޓްރިކަކާއެކު ޖުމުލަ 4 ގޯލް ޖަހާފައިވާއިރު ވިޝާލްވެސް ވަނީ 3 ގޯލް ޖަހާ ހެޓްރިކެއް ހަދާފައެވެ.

މިއަދުގެ މެޗްގައި ރެހެންދި ހައުސްއިންޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމްގެ ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު ރިފާހު އެވެ.

މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ދޮށިމޭނާ ހައުސްގެ ޖަރޒީ ނަމްބަރ 10 މުޙައްމަދު ޝާނިފް އެވެ.

މިއަދުގެ މެޗް ބެލުމަށްވެސް ލަންދޫސްކޫލްގެ ބެލެނިވެރިންނާއި، ސްޓާފުންނާއި ގިނަ ޢަދަދެއްގެ ދަރިވަރުންވަނީ ދަނޑަށް ހާޒިރުވެފައެވެ.

ލަންދޫސްކޫލުންބުނީ މި މުބާރާތުގެ 3 ވަނަމެޗް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ބައްދަލުކުރާނީ ސިއްތިމާވާ ހައުސްއާއި ރެހެންދި ހައުސްކަމުގައެވެ. މެޗް ފެށޭނީ ހަވީރު 4:30 ގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ލަންދޫސްކޫލަށް ޒިޔާރަތެއް ކޮށްފި.

ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން މިއަދު ނ.ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް …

ޚިޔާލެއްދެއްވާ

avatar