އިއްޔެގެ މެޗްގައި ދެޓީމްގެ ކެޕްޓަނުން ސްވެނިއަރ ބަދަލުކުރަނީ / ފޮޓޯ: ލަންދޫއިންފޯ

ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ސިއްތިމާވާ ހައުސް އާއި، ދޮށިމޭނާ ހައުސްއެވެ. މިމެޗް 6 ލަނޑު 5 ލަނޑުން ކާމިޔުބުކުރީ ސިއްތިމާވާ ހައުސްއެވެ.

އިއްޔެގެ މެޗްގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ޕޮލިސް ސްޓޭޝަން މިވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި ސަބްއިނިސްޕެކްޓަރ އަލްފާޟިލް އަޙްމަދު ޝަފީޢު އެވެ. މުބާރާތް ފެށިގެންދިޔައީ އިއްޔެ ކުޅުނު ދެޓީމްގެ ކުޅުންތެރިންނާ ޝަރަފްވެރި މެހްމާން ސަލާމް ކުރެއްވުމަށް ފަހުއެވެ.

ދެޓީމްގެ ކުޅުންވެސް ވަރަށް ފޯރިގަދަކޮށް ދާދި ހަމަހަމަ ގޮތެއްގައި ކުރިއަށް ދިޔަ އިއްޔެގެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސިއްތިމާވާ ހައުސްގެ ޖަރޒީ ނަމްބަރ 4 މުޙައްމަދު އުލުވާން އެވެ. މޭން އޮފް ދަ މެޗްގެ އިނާމާއި، ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާނެވެ.

އިއްޔެގެ މެޗްގެ ކުޅި ބެލުމަށް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ސްޓާފުންނާއި، އަދި ދަރިވަރުންވަނީ ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑަށް ހާޒިރުވެފައެވެ.

ލަންދޫސްކޫލުން ބުނީ އެ މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެކަމަށެވެ. މިއަދުގެ މެޗްގައި ބައްދަލުކުރާނީ ދޮށިމޭނާ ހައުސްއާއި، ރެހެންދި ހައުސްއެވެ. މެޗް ފެށޭގަޑިއަކީ ހަވީރު 4:30 އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ލަންދޫސްކޫލަށް ޒިޔާރަތެއް ކޮށްފި.

ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން މިއަދު ނ.ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް …

ޚިޔާލެއްދެއްވާ

avatar