ކާޕެޓް އެޅުމުގެ ޢަމަލީ މަސައްަކަތުގައި ޙަރަކާތްތެރިވަނީ

ލަންދޫ މަސްޖިދުލް ބަރަކާތްގައި ދޫލަ އަޅައިފި.

ނ.ލަންދޫ މަސްޖިދުލް ބަރަކާތް ( އަތިރީއަވަށުގެ މިސްކިތް ) ގައި ކާޕެޓް އަޅައިފިއެވެ. ކާޕެޓް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ 15 މެއި 2018 ވީ އަންގާރަ ދުވަހުއެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް އެ މިސްކިތުގައި ކާޕެޓް އަޅާފައިވަނީ ލަންދޫގައި އޮންނަ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ލަންދޫ އިސްލާމިކް ފްރަންޓްފޯ އެޑިޔުކޭޝަން (ލައިފް ) އިން އިސްނަގައިގެން ކުރި މަސައްކަތުން ހެޔޮއެދޭ ދީލަތި ފަރާތެއްގެ އެހީގައެވެ.

މިދިޔައަހަރުގެ ރަމަޟާން މަހާދިމާކޮށް ލަންދޫ ހުކުރުމިސްކިތް ( މަސްޖިދުއްލުބާބު ) ގައިވެސް އެޖަމްއިއްޔާއިން އިސްނަގައިގެން ދީލަތި ހެޔޮއެދޭ ފަރާތެއްގެ އެހީގައި ވަނީ ކާޕެޓް އަޅާފައެވެ.

ދެ މިސްކިތުގައިވެސް ކާޕެޓް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ލަންދޫކައުންސިލާއި، ލަންދޫގެ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

ލައިފް ޖަމްޢިއްޔާއިން ބުނީ މިމަސައްކަތް ކުރުމުގައި އެޖަމްޢިއްޔާއަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންވާކަމުގައެވެ. އަދި ވަކިން ޚާއްޞަކޮށް މިކަމުގައި ލަންދޫ ކައުންސިލުން ބެހެއްޓެވި ގާތްތަކާއި ޢަމަލީ މަސައްކަތްތައް ފާހަގަކޮށް ކައުންސިލަށް ޚާއްޞަ ޝުކުރެއް އެޖަމްޢިއްޔާގެ ފަރާތުން އަދާކުރެއެވެ.

ލައިފް ޖަމްޢިއްޔާ އަކީ ލަންދޫ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން އިތުރުކޮށް ރަށުގެ ތަރައްޤީއާއި ޢާއްމު ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ދީނީ ވަހުދަތު އާލާކުރުމުގެ މަޤްޞަދުގައި އުފްދާފައިވާ ޖަމްޢިއްޔާއެކެވެ.

އެޖަމްޢިއްޔާ ރަޖިސްޓްރީ ކުރީ 2010 ޑިސެމްބަރ 1 ވަނަދުވަހުއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ މަސްޖިދުލް ބަރަކާތުގެ ވަށާފާރުގައި ސިމެންތިޖަހަންފަށައިފި.

ނ.ލަންދޫ މަސްޖިދުލްބަރަކާތް ( އަތިރީމިސްކިތް ) ގެ ބޭރު ވަށާފާރުގައި ސިމެންތިޖެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ ލަންދޫ ކައުންސިލުން …

ޚިޔާލެއްދެއްވާ

avatar
ނާމަގުކަތީބު
ނާމަގުކަތީބު

ބައެއްމީހުން ބުނާގޮތުގައި ތިޔަކަމުގައި އެންމެ ބޮޑު ޝުކުރެއް ހައްޤުވަނީ ކާޕެޓް ހަދިޔާ ކުރި ފަރާތައް. ލައިފްގެ މާބޮޑު ރޯލެއް ތިޔަކަމުގައި ނެތޯ. އެކަމަކުވެސް އަޅުގަނޑު ދަންނަވާނީ ތިޔަ މިސްކިތް ހުންނަތާ ކިތައް އަހަރު ވެއްޖެހޭ. ތިޔަ ހަދިޔާ ކުރިމީހުން ވެސް ހަމަ ދުނިޔޭގައި އުޅެއޭ. ކީއްވެހޭ ކާޕެޓް ނޭޅި އޮތީ.