ލަންދޫގައި ތާރީޚީ ފުޓްބޯޅަ މެޗެއް އިއްޔެ ކުޅެފި.

ނ.ލަންދޫގައި މިއަހަރުގެ ބޮޑުޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ލަންދޫކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޢީދު އުފާ ކުޅިވަރު ޕްރޮގްރާމްގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރެއިން އިއްޔެ ކުޅުނީ ވަރަށް ތާރީޚީ ފުޓްބޯޅަ މެޗެކެވެ.

އިއްޔެ ހަވީރު ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މި ފުޓްބޯޅަ މެޗްގައި ކުޅުނީ ލަންދޫގައި ތިބި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނެވެ. ޢުމުރުން 40 އަހަރުން މަތީގެ ޢުމުރު ފުރާގައި ހިމެނޭ ކުޅުންތެރިން 2 ޓީމަށް ބަހާލައިގެން ކުޅުނު މިމެޗް ވެގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ ކުޅުމެއް ފެނުނު މެޗެއްގެ ގޮތުގައެވެ.

ޝަރަފްވެރިން ކުޅުންތެރިންނާ ސަލާމް ކުރައްވަނީ / ފޮޓޯ: ނަޞީރު

މި މެޗްގެ ޝަރަފްވެރިމެހްމާނުންގެ ގޮތުގައިވެސް ތިއްބެވީ ރަށުގެ ދޮށީ ޢުމުރު ފުރާގެ ތެރެއިން ހޮވާލެވިފައިވާ ކުޅިވަރަށް ސަޕޯޓް ކުރާ ބޭފުޅުންކޮޅެކެވެ. އެގޮތުން ނ.ލަންދޫ ބަހާރުގޭ މުޙައްމަދު މޫސާއާއި، ދިލާސާގެ އަބޫބަކުރު އިބްރާހިމް އާއި، އަދި ސާދީވިލާ އުމަރު ޤާސިމް ފާހަގަ ކޮށްލެވެއެވެ.

އިއްޔެގެ މެޗް ފެށުނީ ޝަރަފްވެރި ބޭފުޅުންގެ ބޯޅަ ކިކްއޮފް ކޮށްދެއްވުމުންނެވެ. އަދި އޭގެ އިތުރުން މެޗް ފެށުމުގެ ގޮތުން އެބޭފުޅުންވަނީ ދެ ޓީމްގެކުޅުންތެރިންނާ ސަލާމްކުރައްވާފައެވެ.

ތެޅި ފޮޅޭއާއި، ފައިއޮޅޭ ދެޓީމް ބައްދަލުކުރި މެޗް ނިމިފައިވަނީ 2-1 ން ތެޅިފޮޅޭ މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗް ނިމުމުން ޗެމްޕިއަންޓީމަށް ތައްޓާއި ސެޓްފިކެޓް ހަވާލުކުރުން އޮތެވެ. ތެޅިފޮޅޭ މެޗް ކާމިޔާބު ކުރުމުން ލިބުނު ތައްޓާއި ޙަވާލުވީ އެޓީމްގެ ކެޕްޓަން އިރުދޯނި ކައްޕި އަލްފާޟިލް އަޙްމަދު މުޙައްމަދު އެވެ.

ލަންދޫކައުންސިލުން މިއަހަރުގެ ޢީދު ލަންދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެކުލަވާލި ކުޅިވަރު ޕްރޮގްރާމްގައި ގިނަ ހަރަކާތްތަކެއް އެކުލަވާލައިފައި ވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޢީދު ޗުއްޓީއަށް އައި ގިނަޢަދަދެއްގެ މީހުން މިއަދު ފުރައިފި.

މިއަހަރުގެ އަޟްޙާ ޢީދުގެ ދިގުޗުއްޓީއަށް ރާއްޖެތެރޭގެ ރަށްރަށަށް އައި ގިނަ ޢަދަދެއްގެ މީހުން ޢީދު ނިންމާލުމަށްފަހު މިއަދު ފުރައިފިއެވެ. ނ.އަތޮޅުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz