ލަންދޫގެ ފުޓުބޯޅައިގެ ކުރިމަގުގައި ވިދާލާނެ މޮޅު ކުޅުންތެރިއެއް!

ލިޔުނީ : މުޙައްމަދު ޝާނިފް – ގްރޭޑް 9

ނ. އަތޮޅު ލަންދޫއަކީ ފުޓްބޯޅައިގެ ރޮނގުން ކުރިއަރާފައިވާ ރަށެކެވެ. މިއަދު ލަންދޫ މިއޮތީ ދިވެހިރާއްޖޭގެ އެންމެ މޮޅު 8 ރަށުގެ ތެރޭގައި ހިމެނިފައެވެ. މިއަދު ލަންދޫގައި ފުޓުބޯޅަ، ބާރު ދުވެލީގައި ކުރިއަށް ދަނީ ހިތްވަރުގަދަ މޮޅު ކުޅުންތެރިން ލަންދޫގެ ފުޓްބޯޅަ ޓީމުގައި ހިމެނޭތީއެވެ. އާދެ! މިއަދު ފުޓްބޯޅައިގެ ރޮނގުން ލަންދޫ މުޅި ދިވެހިރާއްޖެއަށް ވިދާލައިފައިވާ ފަދައިން މާދަމާވެސް އެގޮތުގައި ދަމަހައްޓަން އެބަޖެހެއެވެ. މާދަމާއާއި ހަމައަށް އެގޮތުގައި ގެންގޮސްދެވޭނީ ޒުވާން މޮޅު ކުޅުންތެރިން މިކަމަށްނެރެ ހިތްވަރުދީގެންނެވެ.

 

މުޙައްމަދު ޢުލުވާން ( ރަތްޖަރޒީގައި ) ސްވެނިއަރ ބަދަލުކުރަނީ / ފޮޓޯ: ޒީރޯ

އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ކުދިން ނެރެ، ކުދިންނަށް ތަމްރީނު ދިނުން މުހިންމެވެ. ލަންދޫގެ ފުޓުބޯޅައިގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ތިބީ ވަރަށް މަދު ކުދިންކޮޅެކެވެ. އެގޮތުން މިކަމަށް އެންމެ ޝައުގުވެރިވާ، އަދި އެންމެ ފާހަގަ ކޮށްލެވޭ އެކަކަކީ ނ.ލަންދޫސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުންދާ ނ.ލަންދޫ ރަބީޢުގެ މުހައްމަދު އުލުވާން (އުއްލެ) އެވެ. އޭނާ އަކީ ފުޓްބޯޅަ ކުޅެން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.

އުއްލެގެ އިސްކޮޅުން އެންމެ 4 ފޫޓު ހުއްޓަސް އަދި ބަރުދަނުގައި އެންމެ 25 ކިލޯ ހުއްޓަސް އޭނާއަށް ވުރެ މޮޅު އެކަކުވެސް 16 އަހަރުން ދަށުގައި ލަންދޫގައި ނުހިމެނޭނެ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާއަކީ ގުރޭޑް 1 ން ފެށިގެން ފުޓްބޯޅަ ކުޅެމުން އަންނަ ކުއްޖެކެވެ. މިއަދު އޭނާވަނީ އެތައް ބައެއްގެ މަޤްބޫލުކަންވެސް ހޯދާފައެވެ.

ޢުލުވާނު މެޗެއްގައި ކުޅެނީ / ފޮޓޯ: ޒީރޯ

މިއަދު އުއްލެގެ ޢުމުރުން 13 އަހަރެވެ. އުއްލެގެ އެއް ހުވަފެނަކީ އޭނާ “ކެޕްޓަން” ކަމުގައި ހުރެ، ލަންދޫ ޓީމު ރާއްޖޭގެ އެކިއެކި މުބާރާތްތަކުން ވަނަ ހޯދުމެވެ. އަދި ފުޓްބޯޅައިގެ ރޮނގުން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ. މުޙަންމަދު އުލުވާނު (އުއްލެ) ވަނީ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި 7 ގޯލް ޖަހާފައެވެ. އަދި އޭނާއަށް އެ މުބާރާތުގެ މޭން އޮފް ދަ މެޗުވެސް ދެބުރަށް ލިބުނެވެ. ޙަޤީޤަތުގައި އުއްލެ ކަހަލަ ކުއްޖަކަށް 16 އަހަރުންދަށުގެ ކުދިން ތަކުގެ ތެރެއިން އެންމެ މޮޅު އެކަކު ކަމަށްވާތީ، 16 އަހަރުން ދަށުގެ ކުދިން މިކަމާ ލަދުވެސް ގަންނަން ޖެހެއެވެ.

އިންޓަރހައުސް ފުޓްބޯޅަ މެޗެއްގެ ތެރެއިން އުލުވާން ބޯލަ ކޮންޓްރޯލް ކޮށްލަނީ / ފޮޓޯ: ޒީރޯ

އާދެ! އުއްލެ މިއަދު ފުޓްބޯޅަ ކުޅެނީ އޭނާ އެންމެ ގަޔާވާ ކުޅުންތެރިޔާކަމަށްވާ”ރޮނަލްޑޯ”ކުޅޭ ނަންބަރަށެވެ. އޭނާއަކީ އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންދަރިއެވެ. އޭނާއަށްޓަކައި އޭނާގެ މައިންބަފައިން ކުރާ އުއްމީދުވެސް ވަރަށް ފޮންޏެވެ.  އަދި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސްކަމަށް އޭނާ ބުނެފައިވަނީ އޭނާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ކުޅޭ ދުވަހެވެ.

މިއަދާހަމައަށް އައިއިރު، އުއްލެ އަންނަނީ އެތަށް އެއްޗިއްސެއް ދަސްކުރަމުންނެވެ. އަދި ހަމައެހެންމެ ފާހަގަކޮށްލަންޖެހޭ މުހިންމު އަނެއްކަމަކީ އޭނާ ގޯލެއް ނުޖަހާ ދަނޑުމަތިން ފައިބާ ދުވަހެއް މަދުކަމެވެ. އޭނާއަކީ ކުރިން ގޯޅި ގަނޑެއްގައި ކުޅެމުން އައި ކުއްޖެކެވެ. ނަމަވެސް އެ ގޯޅިން ފެށިގެން ޒުވާނުންނާއިއެކު ކުޅޭ އެންމެ ކުޑަ އެންމެ މޮޅު ކުޅުންތެރިއަކަށް ވެފައިވަނީ ހަމަ އެ އުލުވާނުއެވެ.

ކުޅުމުގެ ތެރެއިން އުލުވާން ރަތްޖަރޒީގައި / ފޮޓޯ: ޒީރޯ

މީގެ ކުރިން އުއްލެއަށް ލިބިފައިވާ ކާމިޔާބީއަށް ބަލާލާއިރު، 2016 ވަނަ އަހަރުއޮތް ލަންދޫސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައިވެސް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހިމެނިފައިވެއެވެ. އަދި 2015 ވަނަ އަހަރު އޮތް “ތްރީ އޮން ތްރީ” މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި އުއްލެ ހިމެނިފައިވެއެވެ. އަދި ހަމައެއާއިއެކު 2014 ވަނަ އަހަރު އޮތް އިންޓަރ ހައުސް ފުޓްބޯޅަމުބާރާތުގައި އުއްމީދީ ކުޅުންތެރިޔާގެ މަޤާމުވެސް އޭނާއަށްވަނީ ލިބިފައެވެ.

އާދެ! މިއަދު ލަންދޫ އުއްލެގެ ކުޅުމާމެދު ފަޚުރުވެރިވެއެވެ. އަދި އެތައް ޒުވާނުންނެއް އުއްލެއަށް ހިތްވަރު ދެއެވެ. ދެން މިއަދު ކުރަންވީ ކަމަކީ އުއްލެ ކަހަލަ މޮޅު ޒުވާން ކުޅުންތެރިން ކުރިމަގުގައި ލަންދޫ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ނެރެ ދެއްވުމެވެ. އަދި އުއްލެ ކަހަލަ ކުރިމަގުގައި ވިދާލާނެ ކުޅުންތެރިން މިކަމުގެ ތެރެއަށް ލޯ ހުޅުވައިދީ އެކަމުގައި ހިތްވަރު ދިނުމެވެ. ޔަޤީންވާކަމަކީ އުއްލެގެ ސްޕީޑް އެބާރުމިހުގައި ހުރިނަމައީ އޭނާ ކުރިމަގުގައިވެސް ކުޅިވަރުން ( ފުޓްބޯޅައިން ) މަޙްރޫމު ކޮށްލުން އެއީ މުސްތަޙީލުކަމެއް ކަމެވެ.

ލިޔުނީ: މުޙައްމަދު ޝާނިފް

މުޙައްމަދު ޝާނިފް އަކީ ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ތަފާތު ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަން ހުންނަ ލިޔުންތެރިއެކެވެ. އަދި ކޮންމެ ދާއިރާ އަކަށްވެސް ލޯހުޅުވި ، ޚިޔާލު ތަނަވަސްވެ ކުރިއަރަމުން އަންނަ ދަރިވަރެކެވެ. ނޫސްވެރިކަމުގެ ދާއިރާ ހޮބީއެއްގެ ގޮތުގައި އޭނާނެގީ މިދާއިރާއިންވެސް ކާމިޔާބީ ތަކެއް ޙާޞިލްކުރުމަށް އުންމީދުކުރާތީއެވެ. ޝާނިފްގެ ލިޔުންތައް ހުރިހާދިމާއަކަށްވެސް ފޯކަސްކުރާނެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
mariya
mariya

ރަގަޅަށް ކުރިއަށް ދެވޭނެ ދަރިއެއް

ޢަލީ
ޢަލީ

ވަރަށް ސަޅި އާޓިކަލް ގެެނެސްދީފައިވާގޮތް

wpDiscuz