ލަންދޫބީޗްސާފުކުރުމުގެ މަސައްކަތުގައި އަންހެނުން ތަކެއް ހަރަކާތްތެރިވަނީ / ފައިލްފޮޓޯ

ލަންދޫގެ ގޮޑުދޮށުން ވެލިނެގުން މިއަދު މަނާކޮށްފި.

ނ.ލަންދޫގެ ގޮޑުދޮށުން ވެލިނެގުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލް ޣަނީ ސޮއިކުރައްވާ މިއަދު އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައިވަނީ ލަންދޫގެ ގޮނޑުދޮށުން އެކިއެކި ފަރާތްތަކުން ވެލިނަގަމުން ދާކަމުގެ ޝަކުވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް ލިބިފައިވާ ކަމަށާއި، އަދި ރަށުގެ ގޮނޑު ދޮށުން ވެލިނެގުން ހުއްޓުވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން 16 އެޕްރީލް 2018 ( އިއްޔެ ) ގައި އެކައުންސިލަށް ސިޓިއަކުން އަންގަވާފައިވާތީ ގޮނޑުދޮށުން ވެލިނަގަމުންގެންދާ ފަރާތްތަކުން މިއަދުންފެށިގެން އެކަން ހުއްޓާލުމަށް އިއުލާން ކުރާކަމަށެވެ.

އަދިމިއަދުން ފެށިގެން އެއްވެސްފަރާތުން އެއްވެސް ބޭނުމަކު ލަންދޫގެ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެއްކަމުގައި ކަމަށްވެސް އެ އިއުލާންގައި ބުނެފައި ވެއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއީ ) އިން ލަންދޫކައުންސިލަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ލަންދޫއިންފޯއަށް ވެސް ލިބިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz