ކިނޮޅަހުގައި ފާހަގަކުރަމުންދާ ޢީދު – އެހެން ރަށްތަކަށް ނަމޫނާއެއް (މާޝާ ﷲ)

ކިނޮޅަހުގައި ފާހަގަ ކުރަމުންދާ ޢީދަކީ އެހެން ރަށްތަކަށްވެސް ހުރި ނަމޫނާއެކެވެ. މިއުޒިކު ޖަހައިގެން ނުނެށިޔަސް އަދި ދެޖިންސު މަސްހުނި ވެގެން ކަންތައްތަކެއް ނުކުރިޔަސް އެރަށުގެ ރައްޔިތުންދަނީ ޢީދު އުފާ ފައުޅުކުރުންމަތީ ފާހަގަ ކުރެވިދާނެކަން ހާމަކޮށްދެމުންނެވެ.

އެގޮތުން މި ބަލާލާނީ ކުރުގޮތަކަށް ކިނޮޅަހުގައި ޢީދު ފާހަގަ ކުރާ ގޮތުގެ މައްޗަށެވެ.

ކިނޮޅަހުގައި މިއަހަރު ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތައްވެސް ކުރިއަށް ގެންދަނީ ދެޖިންސްވަކިން ހަރަކާތްތައްވެސް ދެބަޔަށް ބަހާލައިގެންނެވެ. ޢީދު ދުވަހުގެ ޢީދު ނަމާދަށްފަހު އެންމެ ފުރަތަމަ އޮތީ ރަށުގެ ހުރިހާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ޢީދު ސައި ބުއިމެވެ. އެއަށްފަހުގައި ކުޅިވަރުތައް ފެށިގެންދާނެއެވެ.

އެގޮތުން މިއަހަރު އަންހެނުންނަށް ހާއްސަކުރެވިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ތިން މުގޯލި، ބޮސްކުޅުން، ކުޑަކުދިންގެ ހަވީރު، ނެޓް ބޯޅަ، ބަށި ކުޅުން، ފުޓް ބޯޅަ ކުޅުން، ފައިގަތަޅާ، ގަނޑުފިއްލާ، މަދަހަ ކިޔުމުގެ އިތުރުން ބާބަކިއުވެސް ހިމެނެއެވެ.

މީގެ އިތުރުން ފިރިހެނުންގެ ކުޅިވަރުތަކުގެ ތެރޭގައި މަންޑިކުޅުން، ވާދެމުން، ކޮލިލުން، ކައްޓަށް ދުވުން، ބަހުސް ކުރުމާއި ވާހަކަދެއްކުމުގެ މުބާރާތުގެ އިތުރުން ވާދެމުން، ކުޑަކުދިންގެ ހަވީރު، މާލި ޕެރޭޑް، މަސްދަތުރު، ކުލަޖެހުން، މޫދު ކުޅިވަރުތަކުގެ އިތުރުން ބާބަކިއުވެސް އޮންނާނެއެވެ.

ކިނޮޅަހުގެ ޢީދު ފާހަގަކުރުމުން އެނގިގެންދަނީ ބޮޑެތި ޚަރަދުކޮށް ފަންނާނުން ގެނެސް މިޔުޒިކް ޝޯތައް ނުބާއްވާ، ދެޖިންސް މަސްހުނިނުވެ ޢީދުވެސް އުފަލާއި މަޖަލުގައި ފާހަގަ ކުރެވޭނެކަމެވެ.

މާތް ﷲ ކިނޮޅަހުގެ ރައްޔިތުން މިގޮތުގެ މަތީގައި ސާބިތުކޮށްދެއްވާށި. އާމީން

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ކައުންސިލް ބައިބަލާ މުބާރާތުގެ ފައިނަލް މިރޭ

ލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން މި ބޮޑު ޢީދުގައިފެށި ބައިބަލާ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz