ޚިދުމަތުގައި ދިރާގު – ކާމިޔާބު 29 އަހަރު

1 އޮކްޓޯބަރ 1988 އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގު އުފެދުނު ދުވަހެވެ. އިއްޔެއަކީ ދިރާގަށް ފަހުރުވެރި 29 އަހަރު ފުރުނު ދުވަހެވެ.

ކުންފުނީގެ 29ވަނަ އުފަންދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއްބާއްވާފައެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯގްމެންޓަޑް ރިއަލިޓީ ކެމްޕެއިނެއްވެސް ކުންފުނިން ވަނީ ފައްޓާފައެވެ. އޯގްމެންޓަޑް ރިއަލިޓީ މޯބައިލް ފޯނުގެ ޒަރީޢާއިން ތަޖްރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލެއާއި އަތޮޅުތެރޭގެ ކޮފީޝޮޕްތަކުން އެޕް މެދުވެރިކޮށް ގުރުއަތުންހޮވޭ ފަރާތްތަކަށް ހިލޭ ކޮފީލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ

ދިވެހިރާއްޖޭގައި ދިރާގު

29 އަހަރުގެތެރޭގައި ކުންފުނީގެ މައިގަނޑު މަގްސަދަކީ ކުންފުނީ ގެ ކަސްޓަމަރުންނާއި ދިވެހި މުޖްތަމައަށް މުވާސަލާތީ ހިދުމަތުގެ ޒަރީއާއިން އިތުރު ފާގަތި ކަމާއި ކުރިއެރުން ފޯރުކޮށްދިނުމެވެ.

ދިރާގަކީ ފަހުވެރި ކަމާއެކު %99 ދިވެހި ހީވާގި މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ދިވެހިންގެ ކުންފުންޔެކެވެ. ދިރާގުގެ މުވައްޒަފުން ކަސްޓަމަރުންނަށް ދޭ ސަމާލުކަމާއި އެހީތެރިކަމަކީ އެކަމަކަށްޓަކައި އެހެން ކުންފުނިތަކުން ދިރާގު ނަމޫނާއަކަށް ނަގާ އެއް ކަމެވެ. މިގޮތުން ހަފްތާއަކު 7 ދުވަހު 24 ގަޑި އިރު ހިދުމަތްދޭ ކޯލް ސެންޓަރ 123 އަދި އޮންލައިން ލައިވް ޗެޓް، މައި އެކައުންޓް ސާވިސަސް އަދި ކުންފުނީގެ ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ރާއްޖޭގައި މުޅިންއަލަށް ދިރާގުން ތައާރަފްކުރިކަންކަމެވެ.

ކުރިމަގުގެ ތަސައްވުރު: ޑިޖިޓަލް ދުނިޔެއަކަށް ކުންފުނި ރީބްރޭންޑްވުން

ދިރާގުން ދެކެނީ ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ފުޅާވެ ބޮޑުވަމުންދާ މިންވަރާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިވެދިނުމެވެ.

އަދި މިމޭރުމުން މިއަހަރު މޭ މަހުގައި ދިރާގު ރީބްރޭންޑް ކޮށް މުޅިން އާ ކުލައަކާއި ލޯގޯއާއެކު  “ޓޭކް އޮން ޓުމޯރޯ”ގެ ޝިއާރުގެ ދަށުން ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކާއި ކުރިއެރުން ގެނެސްދޭން ވައުދު ވެފައިއެވެ.

މިޝިޔާރުގެ ދަށުން މިއަހަރު ކޮށްފައިވާ މައިގަނޑު ކަންކަމަކީ:

ދިރާގު ޓީވީ ގެ ނަމުގައި އައިޕީޓީވީގެ ހިދުމަތް ތަޢާރަފު ކުރުން

އައިޕީޓީވީ އަކީ އިންޓަރނެޓް ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްޏޮލޮޖީއެކެވެ. ދިރާގު ޓީވީގައި މިހާރު 80 އަށްވުރެ ގިނަ ޗެނަލްތައް ލިބެންހުރެއެވެ.

ފައިބަރ ޓު ދަ ހޯމް އިތުރު 12  ރަށަކަށް!

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް މިއަހަރު މިހާތަން 12 ރަށެއްގައި ގާއިމުކޮށްދިއެވެ. އަދި މީގެތެރޭގައި ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫ ވެސް ހިމެނެއެވެ.

ރާއްޖެއަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް

ރާއްޖެއަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ތަޢާރަފް ކުރީވެސް ދިރާގުންނެވެ. “އާރްބީ ކުއްސްޓް”ގެ ނަމުގައި މި އެޕް ވަނީ މިދިޔަ މަހު ތަޢާރަފްކޮށްފައިއެވެ.

ބައިނަލްއަގުވާމީ މިއުޒިކް ސްޓްރީމް ކުރާ އެޕްލިކޭޝަން- ޔޮންޑާ މިއުޒިކް މޯލްޑިވްސް ތަޢާރަފް ކުރުން

ދިރާގުން ޒުވާން ފަންނާނުން ކުރިއަރުވުމަށްޓަކައި އެކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއްގެ ގޮތުގައި ފަންނާނުންނަށް އެމީހުންގެ މިޔުޒިކާއި ލަވަ ގެނެސްދެވޭނެގޮތަށް އިންޓަނޭޝަނަލް މިއުޒިކް ސްޓްރީމިންގް ހިދުމަތެއް ކަމުގައިވާ ޔޮންޑަރ ރާއްޖެއަށް ތައާރަފްކުރިއެވެ.

ދިރާގު ގެސްޓްހައުސް ޓީވީ

މި އަހަރު ބޭއްވި ދިރާގު ގެސްޓްހައުސް ކޮންފަރެންސްގައި ދިރާގު ގެސްޓްހައުސް ޓީވީގެ ނަމުގައި އާ ހިދުމަތެއްގެ ޑެމޮންޓްރެޝަން ދައްކާލާފައިވެއެވެ.                  

ދިރާގުގެ އިޖުތިމާއީ ޒިންމާ

“ފޯ ދި އޯޝަންސް”

ދިރާގުން ވަނީ މިދިޔަ އަހަރު “ފޯ ދި އޯޝަންސް” ގެ ނަމުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ކެމްޕެއިނެއްގައި ޕާލޭ މޯލްޑިވްސްއާއި އެކު ބައިވެރިވެފައިއެވެ. އަދި މި ކެމްޕެއިނުގެ ދަށުން ދިރާގުގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް ކަނޑާއި ފަރަށް ގެއްލުން ލިބޭފަދަ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށާއި ދެމެހެއްޓެނިވި އުސޫލުން ތައްޔާރުކޮށްފައިވާ ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކެމްޕެއިނެއް ހިންގާފައިއެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުން

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ތަނބެވެ. އެގޮތުން މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އައި ރޭހެކެވެ. މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާނު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވަމުންނެވެ.

ޒުވާނުންގެ ކުރިއެރުވުން

ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. އެގޮތުން ދިރާގުން ވަނީ މިއަހަރު ޔޫއެންޑީޕީއާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމުތައް ބާއްވާފައިއެވެ. އޭގެތޭގައި ޔޫތް ލީޑާޝިޕް ޕްރޮގުރާމް، ފިލްމް ފޮ ޗޭންޖް އަދި ސްޓާޓަޕް ވީކެންޑް ހިމެނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
wpDiscuz