ކެހިވެރި ދުނިޔެ

އައިޝަތު ޚަތުމާ – ގްރޭޑް 10

އިރުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އުދަރެހުން ތިރިވަމުން އެދަނީ ސާދަވިލެރޭގެ ފުރިހަމަ ހަނދަށް ރަނިކަން ހަވާލުކޮށްފައެވެ. ކުޑައިރު ކޮޅެއްގެ ތެރޭގައި އިރުގެ ދޯދިތަށް އެޅި ރަތް ކުލައިން ދިއްލިފައިވާ ވިލާތައް ވެސް ފަނޑުވެ ހަނދާ ތަރިތަކުގެ އަލިކަން ދުނިޔެ މައްޗަށް އަތްގަދަ ކުރަން ފަށައިފިއެވެ. ޤުދުރަތުގެ މިސާލެއްނެތްފަދަ މިހިތްގައިމު މަންޒަރުބަލަން އިން ނަޝްވާ އަށް މިއިން ކަމެއް ފާހަގަ ކުރެވޭ ހެނެއް ހިއެށް ނުވެއެވެ. އެއްއިރަކު އެއް ދިމާއަކައްބަލަހަށް ޓައިގެން އިނދެ ލޯމަރާލިވަގުތު ލޮލުން ވެށްޓުނު ކަރުނަތިއްކާ އެކު ނަޝްވާ ގެ ހަނދާންތައް އޭނާމީގެ އަހަރުތަކެއްކުރިޔަށް ގެނދިޔައެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ކަމަކާ ކަމެއްނެތި އަވަދިނެތި ބަދިގޭގައި މަސައްކަތް ކުރަން އުޅުމަށްފަހު ސައި ހަދާ ނިންމާފަ ނަޝްވާއަށް ސައިބޯން ގޮވާލި އެވެ. އާބިދާ އަކީ ނަޝްވާގެ މަންމައެވެ. އާނއެކެވެ. ނަޝްވާގެ ބައްޕަ ވަނީ ނަޝްވާ ވަރަށް ކުޑައިރު މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ނަޝްވާ ބަލާބޮޑުކުރީ ނަޝްވާގެ ލޯބިވާމަންމައެވެ. މިހާރު ނަޝްވާގެ އުމުރަކީ އަށާރަ އަހަރެވެ. ނަޝްވާއަކީ ދެމަފިރިއެއްގެ ހުރިހަމަ އެކަނި ދަރިއެވެ.

ނަޝްވާ އަކީ ވަރަށް ބުރުސޫރަ ރީތި އަންހެން ކުއްޖެކެވެ. ފަށުވިކޮޅެއް ފަދަ ކުލަ އަލި އިސްތަށިގަނޑެކެވެ. ދޮންމޫނެކެވެ. ދިގު އެސްފިޔަ ތަކަކުން ހިޔާ އެޅިފާވާ ސާފު ބިއްލޫރިކޮޅެއް ފަދަ ދެލޮލުގެ ރީތިކަން އިންތިހާއެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ރޫފައެކެވެ. ހިމަތޮޅިހަށިގަނޑުގެ ރީތިކަން އިތުރުކޮށްދެނީ ރުއްކުރި ކޮޅެއްފަދަ ކުލައަލި ހަންގަނޑެވެ. ހިމަދިގު ނޭފަތުގެ ތިރީގައިވާ ފިނިފެން މަލެއްފަދަ ތުންފަތުގައި ވަނީ ބަލާފޫހިނުވާ ފަދަ އޮފެކެވެ. އަބަދުވެސް ހިސާބަކަށް ހާމަވެފައި ވާދޮންކަނދުރާ ތަރަތަރަ ޖަހައިގެން ދާހާ އޮމާނެވެ.

އާބިދާގޮވާލުމާއެކު ނަޝްވާ ސައިބޯން އަތުވެއްޖެއެވެ. ނަޝްވާއަށް ހެނދުނުގެ ނާސްތާ ތައްޔަރުކޮށް ދިނުމަށްފަހު އާބިދާ އަވަސް ވެގަތީ ޑިއުޓީއަށް ދިޔުމަށެވެ. އާބިދާ ޑިއުޓީ އަށް ގެންދަން އައީ ނަޝްވާ ގެ ލޯބިވެރިޔާ އަނިލް އެވެ. އަނިލް އަކީ ނަޝްވާ ގެ ލޮލުގެ ފިނިކަމެވެ. ނަޝްވާ އަނިލް ދެކެ ވަނީ ބަޔާންކުރަން ނެންގޭ ފަދަ ތެދުވެރި ލޯތްބެކެވެ.

ނާސްތާ ކޮށްނިމިގެން ނަޝްވާ އެތެރެއަށް ވަދެ ފިލްމެއް ބަލަން ފެށީ އަނިލް ވެސް އޮފީހަށް ދިޔުމުން ފޫހިވެގެން ނެވެ. ފިލްމް ބަލަން އޮށްވާ ނަޝްވާ ގެ ލޯ މެރިށްޖެއެވެ. އަދި ނަޝްވާ ފުންނިންޖެއްގެ ތެރެޔަށް ގެނބިގެންދިޔައެވެ. އަރާމް ނިންޖަކަށް ފަހު ނަޝްވާ ގެ ލޮހުޅުވުނީ ގަޑިން ހަތަރެށް ޖަހަނިކޮން ނެވެ.

ނަޝްވާ ސިއްސައިގެން ގޮސް ފުންމައިގެން ތެދުވެ މުޅިގޭތެރެ ހޯދިއެވެ. ތިނެއް ޖަހާއިރަކީ މަންމަ ގެ ޑިއުޓީ ނިމޭ ގަޑިއެވެ. މަންމަ މިއަދު ގެއަށް ނައި ކީއްވެބާވާއެވެ. މީއެހެންޏާ މަންމަ ގެ ފަރާތުން ތަކުރާރުވާކަމެއް ނޫނެވެ. އަވަސް އަވަހަށް ފޯން ނަގާ އަނިލް އަށް ގުޅާލިއެވެ. އަދި މަންމަ ކޮބައިތޯ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ މަންމަ އެތަނަށް ބާލާފައި ދިޔަފަހުން މަންމަ ގެ އެއްވެސް ހަބަރެށް ނުވާކަމަށެވެ.

ނަޝްވާ އަވަސް އަރުވާލައިފައި މަންމަ މަސަތްކަތް ކުރާ ސެންޓަރަށް ގުޅިއެވެ. އެމީހުންވެސް ބުނީ މަންމަ މިއަދު ޑިއުޓީއަށް ނާންނަކަމަށެވެ.

ނަޝްވާއަށް ހީވީ މުޅިދުނިޔެ އޭނާ ބާކީ ކޮށްލިހެންނެވެ. މުޅިގައިން ހީބިހިނަގަން ފަށައިފިއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. އެއްވެސް އިޚްތިޔާރެއްނެތި އޭނާގެލޮލުން ހޯސްލާފާ ކަރުނަ ފައިބަމުން ދިޔައެވެ.

ނަޝްވާ އަނެއްކާ ވެސް ހިތްވަރުކޮށްލާފައި އަނިލް އަށް ގުޅިއެވެ. އަނިލްއަށް މިޚަބަރުދިނުމުން އަނިލް މިކަން ފުލުހުން ނަށް އެންގިއެވެ. ފުލުހުންގެ ތަހުގީގު ކުރިޔަށް ދާތާ ފަސް ވަރަކަށް ދުވަސް ވީ ފަހުން ނަޝްވާ ގެ މަންމަ ގެ ފުރާނަނެތް ހަށިގަނޑުފެނުނީ އެރަށުގެ މީހުން ކުނިނައްތާލުމަށް ބޭނުންކުރާ ހިސާބުގައި ނުހަނު އިހާނެތި ގޮތަކަށް މަރާލާފައި އޮށްވައެވެ.

މިއީ ނަޝްވާމުޅިދުނިޔެ މަތިން ފޫހިކުރުވި ހިތާމަވެރި ހާދިސާއެވެ. ދެން ނަޝްވާ ބޭނުން ވީ ހިތްވަރުކޮށްލުމަށް ފަހު އެނުބައި އަމަލުކުރި މީހަކު ހޯދާށެވެ. އެތަނުގައި ސީސީ ޓިވީ އިންނަކަން ވެސް އެއީ ނަޝްވާ ގެ ނަސީބުކަން ނޭންގެއެވެ. އެއިން ދަށްކާގޮތުގައި އެއަމަލުކުރިމީހާލައިގެން ހުރީ ކަޅުކުލައިގެ ކޯޓެކެވެ. އަތުގައި ތޫނުހަތިޔާރެއް ވެސް އޮތެވެ. ނަމަވެސް އެކަން ކުރީ ކާކުކަމެއް އެމީހުނަކަށް ނުހޯދުނެވެ. އޭގެ ތިން މަސް ދުވަސް ފަހެވެ. ނަޝްވާގެ އެކަނިވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާތީ ލުޔެއް ލިބިދާނެކަމުގެ އުންމީދުގައި އަނިލް މެން ގެ ގެ އަށްބަދަލް ވިއެވެ.

އާދައިގެ މަތިން އެދުވަހުވެސް ނަޝްވާ އަނިލް އޮފީހަށް ދިޔުމުން އަނިލް ގެ ކޮޓަރި ސާފުކޮށްލުމަށް ޓަކައި އަލަމާރި ހާވަނިކޮން ލޮލުގައި އަޅައިގަތީ ހުދުކުލައިގެ ބޮޑު ކޮތަޅެކެވެ. ނަޝްވާ އެކޮތަޅުގެ އެތެރެބަލާލުމަށް ޓަކައި ހުޅުވާލުމާ އެކު ހީވީ ނަޝްވާ ގެ މެއަށް ހޫނުފެން އެއްޗެއް އަޅާލިހެން ނެވެ. އެކޮތަޅުގެ ތެރޭގައި އެވަނީ އެ ސީސީޓީވީ އިންފެނުނު މީހާލައިގެން ހުރި ކޯޓެވެ. ހަމަ އެ ވަޅިއެވެ. ނަޝްވާއަށް ގައިހުރިބާރެއް ލާ ހަޅެއްލަވައިގަނެވުނެވެ. އަދި ހިތްވަރު ކޮށްލާފައި ޕޮލިސްސްޓޭޝަނާއި ދިމާއަށް ދުއްވައިގަތެވެ. ދުވެފައި ގޮސް ޕޮލިހުން ނަށް މިކަން އެންގުމުން އެމީހުން ބަލާ ހޯދިހޯދުމުން ވެސް އިނގުނީ އެއި އަނިލް ގެ ކަމެއްކަމެވެ. އޭގައިވަނީ އަނިލް ގެ ފިންގަރ ޕްރިންޓް އެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. މުޅިދުނިޔެ ނަޝްވާއަށް ކެހިދިނީ އެވެ. ނަޝްވާ މުޅިދުނިޔެ އަށް އެކަނިވީއެވެ.

ނަޝްވާ ގެ އޮތީފަހެ ކޮން ކުށެއްބާވައެވެ. އަނިލް ވެސް އުމުރަށް ނަޝްވާ އާ ވަކިވީ އެވެ. އުމުރަށް ޖަލަށް ލީއެވެ.

އަނިލް ދިން ބަޔާނުގައި ބުނާގޮތުން އަނިލް އެކަން ކުރީ އެވަގުތު މަންމަ ގެ ވޮލެޓްގައި އޮތް ކޭޝްކާޑާއި އޭގެ ޕިން ނަމްބަރ ބޭނުންވެގެން ނެވެ. އެއީ މަންމަ ގެ އެކައުންޓުގައި ހުރިލާރި އޭނާ ގެ އެކައުންޓަށް ޓްރާންސްފާރ ކުރުމަށެވެ. އެއީ އަނިލް އަކީ ކިތަންމެ މަތީ ވަޒީފާ އެއްގަ އުޅުނު ކުއްޖަކަށް ވިޔަސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ނަޝްވާ އާއި ކައިވެނި ކުރެވޭވަރަށް އޭނާގެ އެކައުންޓުގައި ލާރިނެތުނީމާ ކަމަށެވެ.

ކެހިވެރި މާޒިގެ މިޚިޔާލް ތަކަށް ގެއްލިފައި އިން ނަޝްވާ އަށް ހޭވެރިކަމެއް ވީ އިރު ގަޑިން ނުވައެއް ޖެހީއެވެ. ނަޝްވާ އަށް މިއިނދެވެނީ ގޮނޑުދޮށުގައި ކަން ވެސް އިނގުނީ ދެނެވެ. އަވަސް އަވަހަށް ތެދުވެ ގައިން ވެލިފޮޅާލާފައި ކުރިޔަށް ހިނގައި ގަންނަމުން ނަޝްވާ ގެ ހިތަށް އެރިއެވެ. އަޅަމުން މިދާފިޔަވަޅުތައް ވަޔާ އެކުވަމުން ފޮރުވި ފޮހެވެމުން ދާހެން ނަޝްވާގެ ހިތިމާޒީ ނަޝްވާގެ ހިތުން ފޮހެވިގެން ދާނަމަ ކިހާރަނގަޅުހެއްޔެވެ……….

ނިމުނީ

މިލިޔުންވެސް ކިޔާލާ

އުފަންވީ އިރުވެސް … (ކުރުވާހަކަ)

އައިޝަތު ޚަތުމާ – ގްރޭޑް 10 ދުނިޔެމަށްޗައް ވެރިވެފައިވާ ކަނު އަނދިރިކަން ފިލުވާލަމުން ފަތިސް ވަގުތުގެ އަރާމް ފިނިކަން މަޑުމަޑުން …

ޚިޔާލެއްދެއްވާ

avatar