ޖެހިލުންކުޑަ އައްޔަ

މަސައްކަތުގެ ދާޢިރާގައި ގޮންޖެހުން ގިނަ ދުވަސްވަރެއްގައި އަދި އަމުދުން ލަންދޫކަހަލަ ކުޑަ އާބާދީއެއް އޮތް ރަށެއްގައިގައި ފުދޭވަރެއްގެ ރަނގަޅު އިންވެސްޓަމަންޓަކާއި އެކު އެލުމިނިޔަމް ދޮރާއި ދޮރުފަތް ޖަހާ އަދި ހަރުކޮށްދިނުމުގެ މަސައްކަތް ނ.ލަންދޫ އާހިޔާ އަލްފާޟިލް އަލީ ދާއޫދު (އައްޔަ) ފެށި ފެށުން ގިނަބަޔަކު ފާހަގަ ކުރަނީ މަސައްކަތުގެ މާހައުލުގައި އައްޔަ ކުރަންފެށި ޖެހިލުންކުޑަ މަސައްކަތެއްގެ ގޮތުގައެވެ.

ގާތްގަޑަކަށް ފަސް ލައްކައެއްހާ ރުފިޔާގެ އިންވެސްޓް މަންޓަކުން މުޅިން އަލަށް އައްޔަ މި ފެށި މަސައްކަތް މިއަދު މިވަނީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވެފައެވެ. މަސައްކަތް ފެށިއިރުވެސް އައްޔަގެ ފޯކާސްހުރީ ލަންދޫ ފިޔަވާ މުޅި އަތޮޅަށްކަމުން މިއަދު އަތޮޅުގެ ރަށްތަކުންވެސް އައްޔައަންނަނީ ތަފާތު އޯޑަރުތައް ލިބެމުންނެވެ.

އައްޔަ އޭނާގެ މިންނެތް މަސައްކަތުން ކުރަންފެށި މަސައްކަތުން ލަންދޫގައި ހަރުކުރެވުނު ފުރަތަމަ ކުޑަދޮރު ހަރުކުރުމަށްފަހު ބޭރު ބަލަހައްޓައިގެން .

އައްޔަގެ ޖެހިލުންކުޑަކަމާއިއެކު މި ފެށި މަސައްކަތް މިއަދު އަދި އާދައިގެ ގޮތަކަށް ކުރިއަށް ދިޔަނަމަވެސް މީހުންގެ ފަރާތުން އަންނަ އޯޑަރުތަކަށް ބަލާފައި އިތުރަށް ފުޅާކުރުމުގެ ޚިޔާލު އައްޔަގެ އެބަހުއްޓެވެ. ” މިހާރު އަތޮޅުފިޔަވާ ކައިރި ބައެއްއަތޮޅުތަކުންވެސް އެބަގުޅާ މަޢުލޫމާތު ސާފުކުރަން އަދި ބައެއްފަރާތްތަކުން އޯޑަރުތައްވެސް ލިބެމުން އެބަދޭ ، މިހެންވާކަމަށްވާ ނަމަ އިތުރަށް މި މަސައްކަތް ފުޅާކުރާނަން” ހިޔާވަހި އެލްމިނައަމް  ގެ ކުރިމަގާއި ގުޅޭގޮތުން އައްޔަ ބުންޏެވެ.

އައްޔަގެ އަމިއްލަ ގޭގައި ވަކިންތަނެއް އިމާރާތްކޮށް މީގެ ކުޑަ ދުވަސްކޮޅެއްކުރިން ކުރަންފެށި މި މަސައްކަތުން ހުރިހާކަމެއް ފުރިހަމަކޮށް ލަންދޫގެ ބައެއްގޭގައި ހަރުކޮށްފައިވާ ދޮރުތަކަށްބަލާއިރު ، އެދޮރުތަކަކީ ކޮލެޓީގެ ގޮތުން ވަރަށް ފެންވަރު ރަނގަޅު ދޮރުތަކެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ.

ރާއްޖޭގައި އެންމެފުޅާދާޢިރާއެއްގައި އެލުމިނިއަމް ދޮރާއި ދޮރުފަތް ޖެހުމުގެ މަސައްކަތް އެންމެ އިތުބާރާއިއެކު ކުރަމުންގެންދާ ރެއިންބޯ އާއި ގުޅިގެން އައްޔަފެށި މިމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މި މަސައްކަތުގެ ދާޢިރާއިން 7 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބިދޭސީއެކެވެ.

އައްޔަގެ ހިޔާވަހި އެލްމެނިއަމް އިން ޖަހާފައިވާ ދޮރުތަކެއް

އައްޔަގެ ” ހިޔާވަހި އެލްމިނިއަމް ” އިން ޖަހައިދެމުންގެންދާ ދޮރާއި ދޮރުފަތްތަކާއި ގުޅޭގޮތުން އައްޔަދޭ އެންމެ ބޮޑު ޔަޤީންކަމަކީ އެތަކެތީގެ ކޮލެޓީ އެންމެ ފެންވަރު ރަނގަޅުވާނެ ކަމާއި އަދި އަގުތައް އެންމެ އާދައިގެ މީހާއަށްވެސް އަތްފޯރާފަށުގައި ހުންނާނެކަމެވެ. ” އަހަރެމެން މިޖަހައިދޭ ދޮރާއި ދޮރުފަތަކީ އެންމެކޮލެޓީ އަދި އެންމެ ބަރާބަރު އެއްޗިއްސަށްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންދެން އަދި އިރާދަކުރެއްވިއްޔާ އަގުތައްވެސް ހުންނާނީ އެންމެ އާދައިގެ މީހާއަށްވެސް އަތްފޯރާ ފަށުގައި ” އައްޔަ ބުންޏެވެ.

ލަންދޫގެ ގިނަބަޔަކު ފާހަގަކުރާގޮތުގައި އައްޔަ މިފެށި މަސައްކަތާއިއެކު މާލެއިން ލަނކުޑިގެނެސް  ލަނކުޑިން ދޮރުޖަހި ޒަމާން ނިމުމަކަށް އައިސް އެލުމިނައަމް ދޮރާއި ދޮރުފަތަށް ބަދަލްވެގެން ދާނެއެވެ. އެހެނީ ކޮލިޓީއަށާއި އަގަށާއި ޚިދިމަތަށާއި އަދި ދޮރެއްގެ އުމުރަށްބަލާ އިރު އެލުމިނައަމް ދޮރާއި ދޮރުފަތް މާބޮޑަށްވެސް ރަނގަޅުވުމެވެ.

” ދޮރުޖަހަން ބޭނުންވާ މީހާ އަޅުގަނޑުމެނަށް ޖެހޭނީ ހަމަ އެކަނި ދޮރުހަރުކުރަންވާތަން ދައްކާލަން ދޮރާއި ދޮރުފަތް ޖަހާ ހަރުކޮށްދީ ހުރިހާކަމެއް ކޮންދޭނީ ހަމަ އަޅުގަނޑުމެން ” އައްޔަމެންގެ ޚިދުމަތްތަކާއި ބެހޭގޮތުން ތަފްޞީލަށް ދަމުން އައްޔަ ބުންޏެވެ. އަތޮޅުގެ ރަށްރަށުންވެސް އަދި އެހެން އަތޮޅަކުންވެސް ގިނަ އޯޑަރުތަކެއް އައިސްފިނަމަ ދޮރު ހަރުކޮށްދިނުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދިނުމަށް އައްޔަމެން އޮތީ ހަމަ ތައްޔާރަށެވެ.

މިއަދު ދިރިއުޅުމުގައި ޖެހިލުން ކުޑަކަމާއިއެކު މުސްތަޤްބަލަށް އައު މަސައްކަތެއް ފެށި އައްޔަ ފާހަގަކުރެވިފައިވަނީ ވަރަށް ލީޑަރޝިޕްހުރި ޒުވާނެއްގެ ގޮތުގައެވެ.

ލަންދޫސްކޫލުން ތަޢުލީމު ހާސިލްކޮށްފައިވާ އައްޔަވަނީ ސްކޫލުގައި އުޅުނު ދުވަސްވަރު އެސްކޫލް ތަފާތު މަޤާމުތައް އަދާކޮށްފައެވެ. މިގޮތުން ހައުސްގެ ކެޕްޓަނަކަމާއި އަދި ސްކޫލުގެ ކްޕްޓަންކަން ފާހަގަކޮށްލެވެއެވެ.

އައްޔަގެ އާއިލާގެ ދެ މެމްބަރުންނާއި އެކުގައި

ސްކޫލު ނިމުމަށްފަހު ލަންދޫގައި އެންމެ ވަރުގަދައަށް ހިންގުނު އެއް ޖަމުއިއްޔާކަމަށްވާ ލަންދޫ ސްކޫލް އިސްދަރިވަރުން ޖަމްއިއްޔާގެ ރައީސްކަންވެސް އައްޔަވަނީ ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އައްޔަގެ ރައީސްކަމުގައި އަދި އައްޔަގެ މެނޭޖަރުކަމުގައި ލަންދޫއިސްދަރިވަރުންގެ ޖަމްއިއްޔާވަނީ މާލޭގައި ބޭއްވުނު ޒޯންފައިނަލް ބުރުގައި ބައިވެރިވެ ފިސާރި ރަނގަޅަށް ލަންދޫ ތަމްސީލްކޮށްދީފައެވެ. އަދި މިހާތަނަށް ނެޝަނަލް ލެވަލުގައި ފުޓްބޯޅައިން ހޯދުނު އެންމެ ބޮޑު ކާމިޔާބު ހޯދުމުގެ އައްޔަގެ ބައިވެރިވުން ވަރަށް ބޮޑެވެ.

އައްޔަ ފާހަގަކުރެވިފައިވަނީ ފުޓްބޯ÷ޅައިން ލަންދޫގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައެވެ. އައްޔަ ފުޓްބޯޅަ ކުޅުންދުވަސްވަރު އައްޔަ ބީޓްކޮށްލައިފައި އެއްވެސް ފޯވާޑަކަށް ބޯޅަ ހިފައިގެން ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އެހާވެސް އައްޔަ ހުޝިޔާރެވެ. ފައިގެ ކަކުލު ހުޅަށް ލިބުނު ބޮޑުގެއްލުމަކާއި ހިސާބަށްވެސް އައްޔަ އައީ އޭނާގެ ފުޓްބޯޅައިގެ ހުނަރު ރަށުގައި ބޭއްވޭ ތަފާތު މުބާރާތްތަކުގައި ދަށްކަމުންނެވެ. މިއަދުވެސް އައްޔަ އަކީ އަމަލީ ގޮތުން ފުޓްބޯޅަ ނުކުޅު ނަމަވެސް އެހެންހެން ގޮތްގޮތުން ފުޓްބޯޅައިގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ.

ޒަވާޖީ ހަޔާތެއްފަށާ ދެ އަންހެން ކުދިންނާއި ދެ ފުރިހެން ކުދިން ތިބި އިރު މީގެ ތރެއިން އައްޔަގެ އެންމެ ދޮށީ ދަރިފުޅު އަންނަނީ ތަޢުލީމީ ގޮތުންވެސް އައްޔަ އާއި އަދި ލަންދޫ ފަޙްރުވެރިވާފަދަ ކާމިޔާބީ ތަކެއް ހާސިލްކުރަމުންނެވެ. އަދި އައްޔައެކޭ އެއްފަދައިން އައްޔަގެ ދެ ފިރިހެން ދަރިންނަކީވެސް ފުޓްބޯޅަގައި ފާހަގަކޮށްލެވޭ ދެ ކުދިންނެވެ. މީގެ ތެރެއިން އައްޔަގެ އެންމެ ދޮށީ ދަރިއަކީ މިއަދު ލަންދޫގެ ސީނިއަރޓިމުގައި އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓްގެ އެޑްމިން އޮފިޝަރެއްގެ ވަޒީފާ އަދާކުރައްވަމުންގެންދަވާ އައްޔަ ފާހަގަ ކުރެވިފައިވަނީ މަސައްކަތްތެރި އެންމެންނާއިވެސް ގުޅޭ ޒުވާނެއްގެ ގޮތުގައެވެ.  ކަރަންޓް ވައިރިންގ އާއި ބެހޭ ކޯހެއް ފުރިހަކޮށްފައިވާ އައްޔަ އަކީ މިއަދު އަމިއްލައަށް އެއާކޯން ބެހެއްޓުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގެ ފުރަތަމަ ބަޓުލަރު

ލަންދޫގެ ގިނަ ޒުވާނުން އާމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ރިސޯޓްތަކުގައި ވަޒީފާ އުދާކުރުންކަމަށްވާއިރު ލަންދޫގެ ގިނަ ޒުވާނުން އަންނަނީ ރާއްޖޭގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz