ލަންދޫގައި އިއްޔެ ގެންދިޔަ ކެމްޕެއިން ޙަރަކާތުގެ ތެރެއިން

ޖަޒީރާ ރައީސްގެ ކެމްޕެއިން ލަންދޫގައިވެސް ފަށައިފި.

13 އަހަރުގެ ޖަލުޙުކުމެއް ރާއްޖޭން ބޭރުގައި  ހުންނަވައިގެން ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ( ޖަޒީރާ ރައިސް ) ގެ ރިޔާސީ ކެމްޕެއިން ނ.ލަންދޫގައިވެސް ފަށައިފިއެވެ.

ނަޝީދުގެ ކެމްޕެއިން ލަންދޫގައި އިއްޔެ ފަށާފައިވާއިރު އެމްޑީޕީ ލަންދޫގޮފީގެ އިސްމެމްބަރުން ރަށުގެ ބޮޑެތި މަގުތަކަށް އިއްޔެ ނުކުމެ ނަޝީދުގެ ފޮޓޯޖެހި ޕޯސްޓަރުތައް ރަށުގެއެކިއެކި ސަރަޙައްދުތަކުގައި ވަނީ ހަރުކުކޮށްފައެވެ.

ލަންދޫގައި ތިބި އެމްޑީޕީގެ އިސް އެކްޓިވިސްޓުން އިއްޔެގެ ކެމްޕެއިން ހަރަކާތުގައި ޢަމަލީ ގޮތުން ވަނީ ޙަރަކާތްތެރިވެފައެވެ. އެތަނުން އިސް އެކްޓިވިސްޓަކު އިއްޔެ ބުނީ ރިޔާސީ އިންތިޚާބު ނަޝީދު ކާމިޔާކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް މިފަހަރު ނެތްކަމަށެވެ.

ލަންދޫގެ އިތުރުން ރާއްޖޭގެ އެތަންމިތާންގައި ނަޝީދުގެ ( ޖަޒީރާ ރައީސް ) ގެ ކެމްޕެއިން ފަށާފައިވާއިރު އެލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ނަޝީދު ހިމަނައިގެން އެމްޑީޕީގެ ޕްރައިމަރީ ބޭއްވިޔަސް އެކަން ހުއްޓުވާނެކަމަށެވެ. އަދި ޤާނޫނުތަކާ ޤަވާއިދު ތަކާޚިލާފަށް އެއްވެސް އިންތިޚާބެއް ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar