ޖަޕާނުބަޔަކު ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ފަށަނީ.

އައިލެންޑް އޭވިއޭޝަނާއި، ޖަޕާނުގެ ސެޓޯޗީ ނަމަކަށްކިޔާ ކުންފުންޏަކާ ގުޅިގެން އުފައްދާ ޖޮއިންޓްވެންޗަރ ކުންފުންޏަކުން ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ޖޮއިންޓްވެންޗަރ ކުންފުނި އުފައްދަން ހަމަޖެހިފައިވަނީ ސެޓޯޗީގެ ދަށުން ހިންގާ ކުއެސްޓް އެއަރކްރާފްޓް ކުންފުންޏާއި އައިލެންޑް އެވިއޭޝަން ގުޅިގެންނެވެ. ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޤާއިމްކުރާ އައު ކުންފުނީގެ ނަމަކީ ސްކައި އެޓޯލް ޕްރައިވެޓް ލިމިޑެޓް އެވެ.

މިޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަން އައިލެންޑް އެވިއޭޝަނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަމާގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިމަޝްރޫޢު ފެށުމުގެ ގޮތުން ރާއްޖޭގައި ގިނަ އޮޕަރޭޝަނަލް އިވެލުއޭޝަންތަކެއް ހަދާފައިވާކަމަށް ކުއެސްޓް އެއަރ ކްރާފްޓް ކުންފުނީގެ ސީއީއޯ، ރޮބް ވެލްސް ބުނެފައިވެއެވެ. އަދި މިއިވެލުއޭޝަންތަކުގެ ޒަރިއްޔާއިން ރާއްޖޭގައި ސީޕްލޭން ޚިދުމަތް ދިނުމަށް އެންމެ ރަނގަޅީ އެއް އިންޖީނުލީ ކޮޑިއެކް މަރުކާގެ ސީޕްލޭން ބޭނުންކޮށްގެންކަން އެނގިފައިވާކަމަށްވެސް ރޮބް ވެލްސްވިދާޅުވެފައިވެއެވެ.

މިޚިދުމަތްދޭން ފަށާ ތާރީޚު އަދި ޔަޤީންނުވިނަމަވެސް ޚިދުމަތް ފަށާއިރު މިކުންފުނީގެ ދަށުން، ކޮޑިއެކް މަރުކާގެ ހަތަރު ސީޕްލޭން ބޭނުންކުރާނެކަމަށް މައުލޫމާތުލިބެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz