އައިފޯން 10 ގެ ސްކްރީނަށްވެސް ލައިން އަރަނީ!

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އަދި އެމީހުންގެ އެންމެ ކޮލިޓީ ފޯނު “އައިފޯން 10 ” ގެ ސްކްރީނަށްވެސް ގްރީން ލައިނެއް އަރަމުންދާކަމަށް ބައެއް މީހުން ބުނަމުން އެބަދެއެވެ.

ފަހުގެ އައިފޯން ގެންގުޅޭ ބައެއްމީހުންގެ ޓްވިޓަރ އެކައުންޓްތަކުން ޝެއަރ ކޮށްފައި ހުރި ފޮޓޯތަކަށް ބެލުމުން އެނގެނީ ސެމްސަން ކުންފުނީގެ އެސް 7 އެޖް އަށް އެރިގޮތަށް ފޯނުގެ ސްކްރީންގެ އެއްފަރާތަކަށް ގްރީން ކުލައިގެ ލައިނެއް ދިގަށް އަރާފައި ހުންނަ ކަމެވެ. މިކަން މިދިމާވަނީ ކޮންސަބަބަކާ ހުރެކަން ކަނޑައެޅިގެން ނޭންގުނު ކަމުގައިވިޔަސް ބައެއް ފަރާތްތަކުން މިކަމާމެދު ތަފާތު ޚިޔާލުތައް ފާޅުކޮށްފައި އެބަހުއްޓެވެ.

މިފަދަ ލައިނެއް ސްކްރީނުން އެންމެ ފުރަތަމަ ފެނިފައިވަނީ ސެމްސަންގ ކުންފުނީގެ ފޯނުތަކުންނެވެ. އެމީހުންގެ ނޯޓް 3 އަށްވެސް މިލައިން ވަނީ އަރާފައެވެ. އެކަމަކު އެއީ ޕިންކް ކުލައިގެ ލައިނެކެވެ.

ބެޓްރީ ގޮވުން ފަދަ ހައްލުކުރަންދަތި އަދި ނުވަތަ ހައްލުނުކުވޭ މައްސަލަތައްވެސް މީގެ ކުރިން ސެމްސަންގ ފޯނުތަކުން ދިމާވިޔަސް މިހާރު އެކަން މިއޮތީ އެޕަލްއަށްވެސް ކުރިމަތިވެފައެވެ.

މިކަމާމެދު އެޕަލް އިން އަދި ވަކިއެއްޗެއް ބުނެފައި ނުވިނަމަވެސް ބޭރުގެ ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި މިކަން މިވަނީ ވަރަށް ޢާއްމުވެފައެވެ.

ޒަމާންތަކެއް ވަންދެން އިން “ހޯމް ބަޓަން” ނުހިމަނާ ފުރަތަމަ ފަހަރަށް އެޕަލް އިން އުފެއްދި އަގުބޮޑު، ފޯން “އައިފޯން 10″ މި ދިމާވި މައްސަލަ އަކީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ކަމެއްކަމެއްވެސް އަދި ނޭންގެއެވެ. މިފޯނަކީ ފޭޝިއަލް ރިކޮގްނިޝަން ބޭނުންކޮށްގެން އަންލޮކް ކުރެވޭ ގޮތައް އުފައްދާފައިވާ ފޯނަކަށްވާއިރު މިއީ ރަގަޅު މަޢުލޫމާތެއް ކަމަށްވާނަމަ އެޕަލްއަށް ކުރިމަތިލާންޖެހޭނީ އެމީހުންގެ ވިޔަފާރީގައި ބޮޑު ގޮންޖެހުމަކާ ކަން ޔަޤީނެވެ.

އައިފޯން 10 64 ޖީބީ ފޯނެއްގެ އަގަކީ 999 އެމެރިކާ ޑޮލަރު (15405 ރުފިޔާ) އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެޕަލް އައިފޯން 10 މާކެޓްގައި ފެއިލްވެ 2018 ގެމެދުތެރޭގައި ވިއްކުން ހުއްޓާލާނެ.

އެޕަލްގެ އެންމެ ފަހުގެ އުފެއްދުން އަދި އެންމެ ކާމިޔާބު ކަމަށް ގިނަ ބަޔަކު ގަބޫލްކުރި އެއް އުފެއްދުމަކީ އެ ކުންފުނިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz