އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހަތަރުވަނަ އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މިމަހުގެ ބާރަ، ތޭރަ މިދެދުވަހު މި ކޮންފަރެންސް ކުރިއަށްދިޔައީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގައެވެ.

އިންޓަނޭޝަނަލް ޓީޗާރސް ކޮންޕަރެންސްއަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކޮންމެ ދެއަހަރުން އެއްއަހަރު ތަޢުލީމީ ދާއިރާގެ، އުނގަންނައިދިނުމުގެ ކަންކަމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި އަހަރުގެ ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެންނެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ “ކަރިކިއުލަމް ޕެޑެގޮޖީ އެންޑް އެސެސްމެންޓް-އިނޮވޭޓިވް ވިޝަންސް ޓު ފޯސްޓަރ އިފެކްޓިވް ލާނިންގ.”އެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 220 ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ. ކޮންފަރެންސައާއި ބެހޭގޮތުން ވާހަކަދައްކަވަމުން ބައިވެރިންބުނީ މި ކޮންފަރެންސައިން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަކަމަށެވެ. މި ކޮންފަރެންސްގައި ޕެނަލް ޑިސްކަޝަންތަކާއި ކަރުކިޔުލަމްގެ އެކި ކަންކަމާއިގުޅޭ ޝެޝަންތަކުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި ކަންކަމަށް ދިރާސީ ކަރުދާސްވަނީ ހުށަހަޅާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސާނަވީ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރުކުރައްވަނީ.

ސާނަވީ ޓީޗަރުންގެ ފަންނީ ޤާބިލްކަން އިތުރު ކުރެއްވުމަށްޓަކައި ކެމްބިރިޖާ ގުޅިވަޑައިގެން ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ތަމްރީން ޕްރޮގްރާމެއް ފަށްޓަވައިފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz