އިންސްޓަގްރާމް ސްޓޯރީއަށް ސްނެޕްޗެޓް ވީޑިއޯ ޑިސްކަވަރީ އިތުރުކުރަނީ

މީގެ ކުޑަދުވަސްކޮޅެއް ކުރިން އިންސްޓަގްރާމްގެ ސްޓޯރީއަށް ގިނަބަދަލު ތަކެއް ގެނެސްފާވާއިރު އަނެއްކާވެސް ބޮޑު ބަދަލެއް ގެނައުމަށް އިންސްޓަގްރާމްއިން ނިންމައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެމީހުންގެ އެންމެ ފަހުގެ ބަދަލުކަމުގައިވާ އެއް ފޮޓޯއަށް ވުރެ ގިނަ ފޮޓޯ އަދި އެއް ވީޑިއޯއަށް ވުރެ ގިނަ ވީޑިއޯ އެއް ފަހަރާ ލެވޭގޮތަށް ގެނައި ބަދަލުގެ އިތުރުން މިފަހަރު މިގެނައި ބަދަލަކީ ސްނެޕްޗެޓް ވީޑިއޯ ފީޗަރ އިންސްޓަގްރާމްއަށް ގެނައުމެވެ.

މި އަޕްޑޭޓާއެކު އެންޑްރޮއިޑް ބޭނުންކުރާ އިންސްޓަގްރާމް ޔޫޒަރުންނަށް މިޔުޒިކް ވީޑިއޯ ހައިޑެފިނިޝަން ފޯކޭ ކޮލިޓީގައި ބޭނުންކުރެވޭނެކަމަށް ވެއެވެ. މިހާރުވެސް ވަރަށްފަހުން ވަނީ އެއްފަހަރާ 10 ފޮޓޯ، ސްޓޯރީއަށް ލެވޭނެ އޮޕްޝަނެއްވެސް އިންސްޓަގްރާމްއިން ހިމަނާފައެވެ.

އަދި ވީޑިއޯ ލުމުން އިންނާނެ ގޮތް ޕްރިވިއު ކޮށްލެވޭނެ ކަމަށާއި މިގޮތަށް ވީޑިއޯ ލާއިރުވެސް އެކިފޯމެޓްތަކުގެ ވީޑިއޯ ލެވޭނެ ކަމަށް އަޕްޑޭޓާ ގުޅޭ ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން ފޮޓޯއެއް އިންސްޓަގްރާމު ކުރާއިރު އެ ފޮޓޯއެއް ނަގާފައިވާ ލޮކޭޝަން އޮޓޯ އިން ދެނެގަންނަ ފީޗާއެކޭ އެއްގޮތައް ވީޑިއޯގެ އެހުރިހާ މައުލޫމާތެއް ވެސް ވަނީ ހިމަނައިފައެވެ. މި އަޕްޑޭޓުވެސް އެންޑްރޮއިޑް ފޯނުތަކަށް ވަރަށް އަވަހަށް ލިބޭނެއެވެ.

ކުރިއަށް އޮތްތަނުގައި މި އަޕްޑޭޓުވެސް އައިއޯއެސް ފޯނުތަކަށް ލިބޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިންސްޓަގްރާމް ގައި ހުންނަ ފޮޓޯތައް ޑައުންލޯޑް ކުރަންބޭނުންތަ؟ މިއޮތީ ފަސޭހަގޮތެއް!

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އިންސްޓަގްރާމަކީ މިއަދު ޢާއްމުންގެ ވަރަށްބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ނެޓްވޯކެކެވެ. އަދި ވަކިން ޚާއްޞަކޮށް ޒުވާނުން އެކިފާޑު …

ޚިޔާލެއްދެއްވާ

avatar