އިންސްޓަގްރާމް ގައި ހުންނަ ފޮޓޯތައް ޑައުންލޯޑް ކުރަންބޭނުންތަ؟ މިއޮތީ ފަސޭހަގޮތެއް!

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އިންސްޓަގްރާމަކީ މިއަދު ޢާއްމުންގެ ވަރަށްބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ނެޓްވޯކެކެވެ. އަދި ވަކިން ޚާއްޞަކޮށް ޒުވާނުން އެކިފާޑު ފާޑުގެ ރީތި ފޮޓޯތައް ސޭވް ކުރުމާއި، ޝެއަރ ކުރުމަށް ބޭނުންކުރަމުންދާ ޚާއްޞަ ޕްލެޓް ފޯމެކެވެ. އެގޮތުން ފެޝަން އާއި ބިއުޓީއާ ގުޅުން ހުރި ފޮޓޯތަކަށް ހާއްސަ އެއްޗަކަށް މިހާރު އިންސްޓަގްރާމް ބަދަލުވަމުންދާއިރު އެކިއެކި ރީތި މާމެލާމެއްޔާއި، ރީތި މާހައުލުތަކުގެ ފޮޓޯތައް ވަރަށް ގިނަޢަދަދަކަށް އިންސްޓަގްރާމަށް އެކިފަރާތްތަކުން އަންނަނީ އަޕްލޯޑްކުރަމުންނެވެ.

ނަމަވެސް އިންސްޓަގްރާމްގައި ދެރަކަމަކީ ފޮޓޯއެއް ކިތަންމެ ރީތިވިޔަސް ޑައުންލޯޑް ކޮށްލެވެން ނީންނަކަމެވެ. ފޮޓޯއެއް ޑައުންލޯޑް ކުރަންވެއްޖިއްޔާ ވަރަށް ގިނަ ސަކަރާތްޖަހަންޖެހެއެވެ. އެހެންނޫނީ ދެންޖެހޭނީ ސްކްރީން ޝޮޓެއް ނަގާށެވެ.

ތިރީގައި މިބަޔާންކުރަނީ އިންސްޓަގްރާމްގެ ރީތި ފޮޓޯތައް ފަސޭހައިން ޑައުންލޯޑް ކުރެވިދާނެ ގޮތެކެވެ. މިނޫން ބައިވަރު ގޮތްތައްވެސް ހުރުން އެކަށީގެންވެއެވެ.

  1. އިންސްޓަ ގްރާމް އެކައުންޓުން ލޮގިންވާށެވެ.
  2. ޑައުންލޯޑް ކުރަންބޭނުންވާ ފޮޓޯ ސެލެކްޓް ކޮށްލާށެވެ.
  3. ފޮޓޯގެ ކަނާތްފަރާތުން މަތީކަނުން “އޮޕްޝަން” ( ތިރިއަށްވާގޮތަށް 3 ތިކި ޖަހާފައި އިންނަ ތަންކޮޅު ) އަށްދާށެވެ.

ނޯޓް: މިއޮޕްޝަން ލިބޭނީ ލޮގިންވެފައިވަނީ މޯބައިލް ފޯނުން ނުވަތަ ޓެބުން ނަމައެވެ. ޕީސީ އިން ނަމަ 3 ވަނަ ސްޓެޕް ހަދާކަށް ނުޖެހޭނެއެވެ. ޕީސީގަ ނަމަ ބްރައުޒަރއިން ފޮޓޯގެ ލިންކް ސެލެކްޓްކޮށްލުމަށްފަހު ރައިޓްކްލިކް އަކުން ކޮޕީކޮށްލާށެވެ.

  1. އޮޕްޝަން ބަޓަނަށް ގޮސް ފޮޓޯގެ ލިންކް އަށް ކްލިކް ކޮށްލާށެވެ. އޭރުން ފޮޓޯގަނޑު އިން ލިންކް ކްލިޕްބޯޑަށް ކޮޕީވާނެއެވެ.
  2. ކޮޕީކޮށްލި ލިންކް “އޮންލައިން ޑައުންލޯޑަރސް” އަކަށް ޕޭސްޓް ކޮށްލާށެވެ. އޭރުން އިންސްޓަގްރާމްގެ ފޮޓޯ ސޭވް ކުރެވޭނެއެވެ.

އިންސްޓަގްރާމް ޑައުންލޯޑަރސްގެ އެންމެ މަޝްހޫރޫ ދެ ވެބްސައިޓް އަކީ 10insta  އާއި  downloadgram އެވެ.

  1. މިއިން ކޮންމެވެސް އެއް ލިންކަކަށް ކްލިކް ކޮށްލުމުން އިތުރު ޓެބެއް ހުޅުވޭނެއެވެ.
  2. އެ ޓެބްއިން ފެންނަ ސައިޓްގައިވާ ގޮޅިއަށް ފޮޓޯގެ ލިންކް ޕޭސްޓް ކޮށްލާށެވެ.
  3. އޭރުން ބޭނުންވާ ހުރިހާ ފޮޓޯއެއް މިގޮތަށް ޑައުންލޯޑް ކުރެވިދާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިންސްޓަގްރާމްއިން ވެސް ވީޑިއޯ ކޯލް ކުރެވޭގޮތް ހަދަނީ .

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަމީހުން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަން އިންސްޓަގްރާމް އިންވެސް ވީޑިއޯ ޗެޓް ކުރުމާއި، ވީޑިއޯ ކޯލް …

ޚިޔާލެއްދެއްވާ

avatar
އާރތު
އާރތު

އިންސްޓަގްރާމް ޕްލަސް ޕްލަސް ކިޔާއެއްޗެއް އިންނާނެ. ތިއަށްވުރެ މާގިނަ ކަންކަން ކޮއްލެވޭނެ މާ ފަސޭހަކޮއް

ކުދަމޫދު
ކުދަމޫދު

ތިއަށްވުރެ މާފަސޭހަ ސްކްރީން ޝޮޓެއް ނެގިޔަސް… ހެހެހެ. އެހެންނޫނީ އަދި މާފަސޭހަ ފޮޓޯއަށް ގޮސް ރައިޓްކްލިކް ދީފަ ސޭވް އޭސް ޖަހާލިޔަސް. .. ހަހަހަ