އިންޑިޔާ އިން ޖައްވަށް ފޮނުވާލި 8 ވަނަ ނެވިގޭޝަން ސެޓެލައިޓް ފޮނުވާލައިފައިވަނީ 2017 ގައި / ފޮޓޯ: ޚަލީޖްޓައިމްސް

އިންޑިޔާގެ ބޯޑަރު ބެލެހެއްޓުމަށް ސަތޭކަވަނަ ސެޓެލައިޓް އުދުއްސާލައިފި

ދުނިޔޭގެ ދެވަނައަށް އެންމެއާބާދީ ބޮޑު އިންޑިޔާއިން އެމީހުންގެ ބޯޑަރލައިން މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން ޖައްވަށް ފޮނުވާ އެމީހުންގެ 100 ވަނަ ސެޓެލައިޓް މިއަދު ލޯންޗް ކޮށްފިއެވެ.

އިންޑިޔާއިން ފައްޓަވާފައިވާ 4 ބިލިއަން ޑޮލަރުގެ ސްޕޭސް ޕްރޮގްރާމްގެ ބިޔަ މަޝްރޫޢު އަކީ ދުނިޔޭގައި ސެޓެލައިޓްގެ ޚިދުމަތް އެންމެ އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެޤައުމުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ. މިއަދު ފޮނުވި ސެޓްލައިޓް ތަކަކީވެސް މި ޕްރޮޖެކްޓްގެ ދަށުން ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓް ތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ ސަތޭކަވަނަ ސެޓެލައިޓް ( ހުކުރުދުވަހު )  މިއަދު ޖައްވަށް އުދުއްސާލައިފައިވާއިރު މިއަދު އެކަނިވެސް އިންޑިޔާއިންވަނީ ކުދި 31 ސެޓެލައިޓް ޖައްވަށް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސެޓެލައިޓަކީ ހަމައެކަނީ ޔޫއެސް އޭ އަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފޮނުވާފައިވާ ސެޓްލައިޓް ތަކެކެވެ. އަދި ބާކީ ދެން ހުރި އެހެން ސެޓްލައިޓްތަކަކީ އަމިއްލަ ޤައުމު އިންޑިޔާ ގެ އިތުރުން ކެނެޑާ، ފިންލޭންޑް ، ފްރާންސް، ސައުތުކޮރެއާ އަދި ޔުނައިޓެޑް ކިންގްޑޮމް އަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ސެޓެލައިޓް ތަކެކެވެ.

އިންޑިޔާގެ ބޮޑުވަޒީރު މޯޑީ މިއަދު ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވެފައިވަނީ އިންޑިޔާއިން މިއަދު 100 ވަނަ ސެޓެލައިޓް އުދުއްސާލައިފައިވާއިރު މިއީ އިންޑިޔާގެ ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން ( އައިއެސްއާރުއޯ ) އިން ހޯދި ބޮޑުކާމިޔާބީއެއް ކަމަށާއި އަދި އެއީ މުސްތަޤުބަލަށް އެޅިގެންދިޔަ އުންމީދީ ހަރުދަނާ ފިޔަވަޅެއްކަމުގައެވެ.

އިންޑިޔާގެ މި ބިޔަ ބޮޑު ޕްރޮޖެކްޓަށް މޯޑީގެ ސަރުކާރުންވެސް ދަނީ ފުރިހަމައަށް ތާއީދު ކުރަމުންނެވެ. އަދި ކުރިއަށް އޮތްތާންގައި މޯޑީގެ ސަރުކާރުން އެކަނިވެސް މި މަޝްރޫއަށް 300 ބިލިއަން ޑޮލަރު ޚަރަދު ކުރާނެކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މަސްދަރު: ރޮއިޓަރސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިންޑިޔާގެ ޒުވާން ސިފައިންގެ ދިފާޢުގައި އަޖޭ ތެދުވެއްޖެ.

ޕާކިސްތާނާއި އިންޑިޔާ އާ ދެމެދު އަރައިރުން އުފެދި ދެޤައުމުގެ ބޯޑަރުކައިރީގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވަމުންދާ އިންޑިޔާ ޒުވާން ސިފައިންގެ ދިފާޢުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz