ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު / ފޮޓޯ: ޕީއެސްއެމް

ހުކުރުދުވަހުގެ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެ. ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރާ އެއްވުމުގައި ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވަން އުޅޭ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، މިމަހުގެ 16 ވާ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބި، އަދި އެކަން ފުލުހުން ހާމަކޮށްފައިވާތީ މިއެއްވުމުގައި އެއްވެސް މީހަކު ބައިވެރި ނުވުމަށް ނަސޭހަތްތެރިވާކަމަށެވެ.

އަދި އެއްވުމުގައި ހަމަނުޖެހުން ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަލާމަތީ ބާރުތަކުން އަންގާފައިވާވާކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަލާމަތާ ރައްްކާތެރިކަން ކަށަވަރުކޮށްދޭ އެންމެ މުހިންމު ފަރާތްތަކަކީ ސިފައިންނާއި ފުލުހުންނަށް ވީ ހިނދު އެފަރާތްތަކުގެ ގޮވާލުންތަކަށް ދިވެހި ހުރިހާ ރައްޔިތުންވެސް ބޯ ލަނބަން ޖެހޭކަމަށެވެ.

ނިހާން ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަމާލަތީ ބާރުތަކުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ޕީޕީއެމަށް އެބައޮތްކަމަށެވެ.

މިމަހުގެ 16 ވާ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރާ އެއްވުމުގައި ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ ޤައުމުގެ އަމަން އަމާންކަން ނަގާލާ ސަލާމަތީ ބާރުތަކުގެ މަސްޢޫލިއްޔަތުތަކަށް ހުރަސްއަޅާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަލާމަތީ ބާރުތަކުން ވަނީ ދީފައެވެ.

އިދިކޮޅު އެމްޑީޕީ އިސްވެ އޮވެރާވަމުން ދާ މި އެއްވުމަށް ރާއްޖޭގެ އެކިހިސާބުތަކުން މާލެއަށް މީހުން އެއްވުމަށް އެޕާޓީން ދަނީ ގޮވާލަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރު ނުކުރާނެ – ޢަބްދުއްރަޙީމް

މިސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށާއި ސިޔާސީ ކުށްވެރިން މިސަރުކާރުގައި ނުތިބޭނެކަމަށް ވެރިކަންކުރާ ޕާޓީ، …

ޚިޔާލެއްދެއްވާ

avatar
wpDiscuz