ހިކެން ބޭނުމިއްޔާ މިބާވަތްތައް ކެއުމުގައި ހިމަނާލާ

މާމުތާއި ހޫނުފެން

ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި މާމުތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މާމުތް ވެފައިވަނީ ބަރުދަން ލުއި ކުރުމުގައި ނަތީޖާ ދައްކުވައިދޭ ބާވަތަކަށެވެ. އެގޮތުން ހޫނު ފެންތައްޓަކަށް މާމުތް ސަމްސަލަކާއި ލުނބޯ ހުތް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ހުސްބަނޑާހުރެ އެފެންތަށި ބޯލާށެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިކުރުމުގެ މަސައްކަތް ހަލުވިކޮށްދެއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަން ފަށައެވެ.

ކެރެޓް

ބަރުދަން ލުއިކުރުމުގެ ވިސްނުން ގެންގުޅޭ މީހަކު ނަމަ ކެއުމުގައި ބޭނުންކުރާ ބާވަތްތަކަކީ އޭގާއި ހިމެނޭ ކެލޮރީސްގެ ބައި ދަށް ބާވަތްތަކަށް ވާންޖެހެއެވެ. މިޝަރުތު ފުރިހަމަވާ އެއްބާވަތަކީ ކެރެޓެވެ. ކެރެޓަކީ އޭގައި ހިމެނޭ ކެލޮރީސްގެ ބައި މަދު އަދި ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ ތަރުކާރީއެކެވެ. ކައްކާފަވެސް އަދި ނުކައްކާވެސް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ކެރެޓަކީ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް އެކަށޭނަ ބައިވެރިއެކެވެ.

ކިއުކަމްބަރ

ބަރުދަން ލުއިކުރަން ބޭނުންނަމަ ބެސްޓް ފްރެންޑަށް ކިއުކަމްބަރ އިޚްތިޔާރު ކުރާށެވެ. ކިއުކަމްބަރގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ސީ އެކުލެވޭއިރު ކިއުކަމްބަރގައި ފައިބަރ އަދި ފެނުގެ އިންސައްތަވެސް އުޅެނީ ވަރަށް މަތީގައެވެ. ޑައިޓްގައި އުޅޭ އިރު އާއްމުކޮށް ރޭގަނޑު ބަނޑުހައިވެ އެއްޗެއް ކާލާ ހިތްވާނެއެވެ. އެފަދަ ވަގުތުގައިވެސް ކިއުކަމްބަރއިން ފުއްދާލާށެވެ.

ގްރީން ޓީ

މިއީ ދެން އިތުރު ތައާރަފަކަށްވެސް ބޭނުންވާނެ އެއްޗެއް ނޫނެވެ. ހިކެން ބޭނުންވާ މީހުންގެ މެނޫން އެންމެ މަތިން ޖާގަ ލިބޭ އެކައްޗަށް ގްރީން ޓީ ވާނެއެވެ. ގްރީން ޓީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ހަޖަމްވުމުގެ ނިޒާމް ރަނގަޅުކޮށްދީ ސަރުބީތައް ވިރުވުމުގައި އެހީތެރިވެދެއެވެ.

އަސޭމިރުސް

މިހާރުވެސް ކުޅި ވެއްޖެދޯ! މިއީ ފަސޭހައިން ބަދިގެއިން އަތުޖެހެންވެސް ހުންނާނެ އެއްޗެކެވެ. މުގުރާފައިވާ އަސޭމިރުސްގެ ތެރެއަށް ލުނބޯ ހުތް ފެލާލުމަށްފަހު ބޭނުންކުރާށެވެ. ސަރުބީތައް ދުއްވާލަން މިވަރެއް ނޯންނާނެއެވެ.

މީގެ އިތުރުންވެސް ހަށިގަނޑަށް ފައިދާހުރި ކާނާއާއި ކަސްރަތަކީ ބަރުދަން ލުއި ކޮށްދީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

(މަސްދަރު: ދިއިސްލާމް)

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

އެންމެ 3 ދުވަހުންވެސް ހިކިދާނެ! ބޭނުންވަނީ ކުޑަހިތްވަރެއް.

ހަށިގަނޑުގެ ބަރުދަން އިތުރުވެ ގައިގައި މަސްޖަހާ މީހާގެ އިސްކޮޅާ ބަރުދަނާ އަދި ބަނޑުގެ ފަލަމިން އެކަށީގެންވާ މިންވަރަށްވުރެ މައްޗަށް ދިއުމުން …

ޚިޔާލެއްދެއްވާ

avatar