ހަކުރު ނާޅާ ކަޅުސައި ގިނައިން ބޯ ނަމަ މާބޮޑަށްވެސް ސްމާޓްވާނެ.

ބައެއް މީހުން ޤަބޫލުކުރާގޮތުގައި ކަޅުސަޔަކީ އެއްވެސް ފައިދާއެއް ނެތް އަދި ހަށިގަނޑު ފަލަކޮށްދޭ އެއްޗެކެވެ. ކަޅުސަޔާމެދު މިގޮތަށް ދެކޭ މަދުބަޔަކުތިބި ނަމަވެސް ގިނަ މީހުންނަކީ ކަޅުސަޔާ ނުލައި ނޫޅެވޭ ވަރަށް އެއާ ދޯޅުވެފައި ތިބި ބައެކެވެ. އަދި ޚާއްޞަކޮށް ދިވެހިންގެ ނާސްތާގެ އެންމެ މަޤުބޫލު ބުއިމަކަށް ކަޅުސައި މިވަނީ ވެފައެވެ.

ކަޅުސައިގެ ފައިދާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުންދާއިރު ގިނަ ދިރާސާތަކުގެ އަލީގައި މިކަމުގެ މާހިރުން ވިދާޅުވެފައިވަނީ ކަޅުސައިގެ އަސްލު ފައިދާ ލިބޭނީ ހަކުރު ނާޅާ ހަމައެކަނި ސައިފަތް ބޭނުންކޮށްގެން ހަދާ ކަޅުސައިންނެވެ. އެއީ ސައިފަތް ހޫނު ފެނަށް ގިރުމުން ނުވަތަ އޭގެ ތާސީރު އުފެދުމުން ލިބިގެންދަނީ ހަށިގަނޑަށް ވަރަށް ބޭނުންތެރި ބަލިތަކުން ދިފާއުކޮށްދޭ އަދި ކޮލޮސްޓްރޯލް ވިރުވައިދޭ ވަރަށް ބޭނުންތެރި މާއްދާއެކެވެ.

އެހެންކަމުން ހިކެން ބޭނުންވާ މީހުންވެސް ހަކުރު ނާޅާ ކަޅުސައި ގިނަގިނައިން ބުއިމަކީ ވަރަށް ރަގަޅު ނަތީޖާ ފެނިގެންދާނެކަމެއްކަމަށް މާހިރުން ވިދާޅުވެއެވެ.

ކަޅު ސަޔަކީ އަނގައިގެ ބަލިތަކަށް އެންމެ ރަނގަޅު އެއް ފަރުވާ ކަމަށް ދިރާސާތަކުން ދައްކާކަމަށް މާހިރުން ވިދާޅުވެއެވެ. މިގޮތުން އަނގައިގައި ހުންނަ ޖަރާސީމުތައް ނައްތާލައި ދަތް ފަނި ކެއުމުން ދުރުކޮށްދެއެވެ.

އަދި ދުވާލަކު 3 ތަށްޓަށް ވުރެ ގިނައިން ކަޅު ސައި ބޯމީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 21 އިންސައްތަ ކުޑައެވެ.

ކަޅުސަޔަކީ މީގެ އިތުރުންވެސް ޓޮބޭކޯ ނުވަތަ ވިހަ ކެމިކަލް އެއްގެ ސަބަބުން ބްލޮކް ވެފަ ހުންނަ ޑީއެންއޭ ތައްރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއީ މޭވާ އާއި ތަރުކާރީ ބޭނުން ކުރުމުން ލިބޭ ކަހަލަ އެންޓިއޮކްސިޑެންޓެއް ނޫނެވެ. އެއަށްވުރެ އެތައް ގުނައެއް ހަލުވި ރަގަޅު މާއްދާއެކެވެ.

އަދި އާދަވެގެން ކަޅުސައި ކޮންމެ ދުވަހަކުވެސް ބޯނަމަ ކަށިތައް ވަރުގަދަވެ އާތިރައިޓިސް ޖެހުމުން ދުރުކޮށްދިނުމާއެކު ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދެއެވެ.

ކަޅުސައިގެ ސަބަބުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސްޓްރެސް ދުރުކޮށްދިނުމެވެ. ކަޅުސައިގައި ހިމެނޭ މާއްދާއެއް ކަމަށްވާ އެމިނޯ އެސިޑް އެލް ތިއައިން ގެ ސަބަބުން މީހާގެ ސްޓްރެސް ފިލުވައިދީ ކަންކަމަށް ސަމާލުކަން ދިނުމަށް އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކޮންމެ ދުވަހަކު ގަވާއިދުން ކަލުސައި ބޯނަމަ ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯމޯންގެ މިންވަރު މަދުކޮށްދެއެވެ.

ކަޅުސައިގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅުވެ ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ. އަދި މީގެ އިތުރުން ބަރުދަން ލުއިވެ މީހާ އަބަދުވެސް ހަށިގަނޑު ލޫޅާފަތި ކޮށް ހުރުމަށް ކައުޅައި އެހީވެދެއެވެ. ކަޅުސައި ގިނައިން ބޯނަމަ މާގިނައިން ކާ ނުވުމާއި، ފެޓްސް އާއި މިނޫނަސް ހަށިގަނޑު ފަލަވުމަށް މެދުވެރި ވާ މާއްދާތަކުން މީހާ ދުރުކޮށްދިނުމަށް ކަޅުސައި އެހީތެރިވެ ދެއެވެ.

ހަކުރު ނާޅާ އާދަވެގެން މަސްދުވަސްވަންދެން ކަޅުސައި ބޯށެވެ. ހީނުކުރާވަރުގެ ބޮޑު ތަފާތެއް ފެންނާނެއެވެ. އަދި އޭގެ ފަހުން ކަޅުސަޔާ ނުލައި ދިރިއުޅެން ހިތްހަމަވެސް ނުޖެހޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހިކެން ބޭނުމިއްޔާ މިބާވަތްތައް ކެއުމުގައި ހިމަނާލާ

މާމުތާއި ހޫނުފެން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި މާމުތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މާމުތް ވެފައިވަނީ ބަރުދަން ލުއި …

ޚިޔާލެއްދެއްވާ

avatar
wpDiscuz