ސަންފައުންޑޭޝަންގެ ޚަރަދުގައި ލަންދޫއިން ޙައްޖަށްދާނެ ދެ ފަރާތެއްގެ ނަން މިރޭ އިޢުލާނުކޮށްފި

ސަންފައުންޑޭޝަންގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާނެ 2 ފަރާތެއް ހޮވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ކުރިމަތިލީ ލަންދޫ ރައްޔިތުންގެ ތެރެއިން ގުރުއަތުން ހޮވިފައިވަނީ ނ.ލަންދޫ ހީނާވިލާ ފާޠިމަތު ޙަސަން އާއި ނ.ލަންދޫ ވީވަރު، ޢަބްދުލް މުހައިމިނު މޫސާ އެވެ.

މިރޭ ލަންދޫ ސްކޫލުގައި ކުރިއަށް ގެންދެވުނު ގުރުއަތުނެގުމުގައި ވާހަކަފުޅު ދައްކަވަމުން ލަންދޫ ކައުންސިލް ޢިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް ޙަސަން ނަޞީރު އިބުރާހީމް ވިދާޅުވީ ލަންދޫއިން ޖުމުލަ 112 ފަރާތަކުންވަނީ ފޯރމު ހުށަހަޅާފައިކަމަށެވެ. އެއީ 26 އަންހެން ބޭފުޅުންނާއި 86 ފިރިހެން ބޭފުޅުން ކަމަށެވެ.

މިރޭގެ ގުރުއަތުލުމަށް ޙާޟިރުވެ ތިއްބެވި ލަންދޫގެ ރައްޔިތުން، ފޮޓޯ: އެފް.ބީ

މިރޭގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ފޯރމުލީ ހުރިހާ ބޭފުޅުންގެ ޙާޟިރުގައެވެ. އަދި ގުރުއަތު ނަގާ ފޮއްޓަށް ކަރުދާސްކޮޅު ވައްޓާލައިފައިވަނީވެސް އެބޭފުޅަކު އަމިއްލަފުޅަށެވެ. ވަރަށް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވުނު މި ގުރުއަތުލުމުގައި ނަޞީބުވެރި ދެފަރާތުގެ ކަރުދާސްކޮޅު ނަންގަވައިދެއްވީ މިވަގުތު ލަންދޫ ޕޮލިސްޓޭޝަން އާއި ހަވާލުވެ ހުންނެވި އަލްފާޟިލް ޙަމްދުﷲ މުއާޒު އެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ގުރުއަތުން ހޮވުނު މިރަށު ނ.ލަންދޫ ހީނާވިލާ ފާޠިމަތު ޙަސަން އަށާއި ވީވަރު، ޢަބްދުލް މުހައިމިނު މޫސާ އަށް ލަންދޫއިންފޯއިން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.
މާތް ﷲ ދެބޭފުޅުންނަށްވެސް މަބުރޫރު ޙައްޖެއް މިންވަރުކޮށްދެއްވާށި. އާމީން

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ސަން ފައުންޑޭޝަނުންދޭ ޙައްޖުދަތުރަށް ކުރިމަތިލުމުގެ ފުރުޞަތު ނ.ލަންދޫގައިވެސް ހުޅުވާލައިފި

ސަން ފައުންޑޭޝަންގެ މުއައްސިސް އޮނަރަބަލް އަޙްމަދު ޝިޔާމު މުޙަންމަދުގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުޞަތުގައި ބައިވެރިވުމަށް މިއަދު ނ.ލަންދޫގައިވެސް އިޢުލާންކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar
އަބޫ އުންސާރު
އަބޫ އުންސާރު

މަރުޙަބާ 1439 ވަނައަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނު 2 ބޭފުޅުންނަށް
އަދި ޝުކުރިއްޔާ ސަން ފައުންޑޭޝަން އޮނަރަބުލް އަޙްމަދު ޝިޔާމް މުޙައްމަދު