ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެ.

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެއެވެ. އަލަށް ލީކްވި ފޮޓޯތަކާއި، މައުލޫމާތު ތަކަށް ބަލާއިރު ފަހުން މި ލީކްވި މައުލޫމާތު ތަކަކީ ކުރިން ހީކުރިގޮތާ ވަރަށް އެއްގޮތް މައުލޫމާތު ތަކެކެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 8 އަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެ ފޯނާ މެދު ކުރެވޭ އުންމީދުތައް ބޮޑެވެ. މިއީ މިހާތަނަށް އެކުންފުނިން ނެރޭނެ އެންމެ ކޮލިޓީ އެންމެ ފައްކާ ފޯނުކަމަށް ގިނަބަޔަކު ބުނެއެވެ. އަދި ޢާއްމުންގެ މަގުބޫލުކަން ގެއްލިފައިވާ ނޯޓްސީރީސްގެ ފޯނުތަކަށް އާދިރުމެއް ގެނެސްދޭނެ ފޯނަކީ މިއީކަމަށްވުންވެސް ވެދާނެއެވެ.

ލީކްވެފައިވާ ފޮޓޯތަކުން އެނގޭގޮތުގައި ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނާނީ އެ ކުންފުނީގެ އެންމެ ފަހު ފްލެގްޝިޕް ފޯނުތައް ކަމަށްވާ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގައި ބޭނުންކޮށްފައިވާ ފަދަ “ބެޒެލް ލެސް” އަދި ސްކްރީންގެ ދެ ފަރާތުން ލަންބާލައިފާ ޑިސްޕްލޭއަކާ އެކުއެވެ. ގެލެކްސީ ނޯޓް 8ގެ އިންފިނިޓީ ޑިސްޕްލޭ އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ސެމްސަންގް އިން ބޭނުންކުރާ އެންމެ ބޮޑު ޑިސްޕްލޭ އެވެ. އެ މައުލޫމާތުތަކަށް ބަލާއިރު މި ފޯނުގެ ޑިސްޕްލޭގައި 6.3އިންޗި ހުންނާނެއެވެ.

މިހިނގާ މަހުގެ 24 ގައި ޕްރީއޯޑަރ ނަގަން ފަށާނެކަމަށް ބެލެވޭ ގެލެކްސީ ނޯޓް 8ގައި ހޯމް ބަޓަނެއް ނުހުންނާނެއެވެ. އަދި ފިންގާ ޕްރިންޓް ސެންސަރު ހަރުކޮށްފައި ހުންނާނީ ފޯނުގެ ފަހަތުގައެވެ. ފޯނުގައި ހިތުގެ ހިނގުން ދެނެގަންނާނެ “ހާޓް ރޭޓް ސެންސަރ”އެއް ފިންގާޕްރިންޓް ސެންސަރާ ޖެހިގެން ހުންނާނެކަމަށް ވެއެވެ. އަދި ގެލެކްސީ ނޯޓް 8 އަންނާނީ 3.5 އެމްއެމްގެ ހެޑްފޯނު ޖެކަކާއި ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކާއެކުއެވެ.

ސެމްސަންގ ގެލެކްސީ ނޯޓް 8 ރަސްމީކޮށްލޯންޗް ކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 15 ގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އޭ 8 އަދި އޭ 8 ޕްލަސް އިންފިނިޓީ ޑިސްޕްލޭއާއެކު ނެރެނީ.

ސެމްސަންގްގެ އެންމެ ފަހު ފްލެގްޝިޕް ފޯނު އެސް8 އަދި އެސް 8 ޕްލަސް އާއެކު ތައާރަފްކުރި އިންފިނިޓީ ޑިސްޕްލޭ އެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz