ގެލެކްސީ އޭ 8 އަދި އޭ 8 ޕްލަސް އިންފިނިޓީ ޑިސްޕްލޭއާއެކު ނެރެނީ.

ސެމްސަންގްގެ އެންމެ ފަހު ފްލެގްޝިޕް ފޯނު އެސް8 އަދި އެސް 8 ޕްލަސް އާއެކު ތައާރަފްކުރި އިންފިނިޓީ ޑިސްޕްލޭ އެ ކުންފުނީގެ އޭ ސީރީސްގެ ފޯނުތަކުގައިވެސް ހިމަނައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފޯނު ކުންފުނި ސެމްސަންގ އިން އެމީހުންގެ ރަސްމީވެބްސައިޓްގައި ރޭ ބުނެފައިވަނީ ގެލެކްސީ އޭ 8 އާއި ، އޭ 8 ޕްލަސް ވެސް އިންފިނިޓީ ޑިސްޕްލޭ އާއި އަދި ފްރޮންޓާއި ބެކްގައި ދެ ކެމެރާ ހިމަނައިގެން ޑިޒައިންކޮށްފައި ވާކަމަށެވެ.

މިފޯނުގެ ސްޕެކްސް އަށް ނަޒަރު ހިންގާލާއިރު އޭ 8 އަދި އޭ 8 ޕްލަސްގައި ހިމަނާފައިވަނީ 5.6 އިންޗި ފުލް އެޗްޑީ ސުޕަރ އަމޮލެޑް ޑިސްޕްލޭ އެކެވެ. އެއީ ގާތްގަޑަކަށް އެސް 8 ގެ ޑިސްޕްލޭ އާއި އެއްވަރުގެ ރިޒޮލިޔުޝަން އާއި އެކުގައެވެ. އަދި 4 ޖީބީ ރެމް އެއް ހިމަނާފައިވާއިރު ފްރޮންޓް އަދި ބެކް ކެމެރާ އަކީވެސް 16 މެގަޕިކްސެލް ކެމެރާ އެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ މި ދެފޯނުގައިވެސް އެންޑްރްއިޑް ނޯގަޓް 7.1.1 އޯއެސް ހިމެނިފައިވާ ވާނެކަމަށާއި، މިފޯނު ލޯންޗް ކުރާނީ 2018 ޖެނުއަރީ ގެ ކުރީކޮޅުގައި ކަމަށްވެސް ސެމްސަންގ ކުންފުނިން ވަނީ ބުނެފައެވެ. ސީދާ ވަކި ތާރީޚެއް ބުނެފައެއް ނުވެއެވެ.

މި މައުލޫމާތު ތައް ސޯސަލް މީޑއާ އާއި ޓެކްނޮލޮޖީގެ ބޮޑެތި ސައިޓް ތަކުގައި އެނބުރެމުން ދާއިރު ބައެއް މީހުން ދަނީ މިކަމާ ގުޅޭގޮތުން ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނަނީ އަލަށް މިނެރޭ ފޯނުގެ ވީޑިއޯ ކޮލިޓީ ކުރިން އެކުންފުނިން ނެރުނު އޭ 7 އަށްވުރެ ދަށްވުމުން އެހާ ކަމުނުދާކަމަށެވެ. އަދި މިފޯނުގެ އަގު 400 ޑޮލަރަށްވުރެ މަތިވެއްޖެނަމަ ފޯނުގެ ބާޒާރުގައި މި ދެ ފޯނަށްވެސް ޑިމާން ނޯންނާނެކަމަށްވެސް ބައެއް މީހުން ޚިޔާލުފާޅުކޮށްފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar