ފިސާރި އަންހެނުން…
(ޢ.ޒ)
ފެނިގެންދަނީ މުރާލިކަން ފެނި އެކަންކަން އަންހެނުން
ފެނެޔޭ ކުރާތީ ބުރަނިކަން ކަންކަން އެތައް ގުނަ އަންހެނުން
ނޯވޭ ނިދާކަށް އެނދުމަތީ ގޮވަނީ ފިރިންނަށް އަންހެނުން
ނޯވޭ ނުކެރިގެން ތަންމަތީ ފަށަނީ މަސައްކަތް އަންހެނުން
ކިޔަކަސް ސްކޫލަށް ދާންތިބީ މިބުނާ ފިސާރި އަންހެނުން
ކިޔަކަސް ސްކޫލާށް ހަމަނުދޭ ނަމުގާ ފިސާރިވި ފިރިހެނުން
ނޭންގޭ ކަމެއްވާ ހަމަނެތޭ ބުނެދޭ ފިލާވަޅު އަންހެނުން
ނޭންގޭ ކަމެއްވާ ދަސްކުރޭ އުޅެޔޭ އުނގެނުމަށް އަންހެނުން
ކުރަމުންނެ ކަންކަން ގޭތެރޭ ކުރަނީ އަޅުކަން އަންހެނުން
ކުރަމުންނެ ޖެހުނުހާ ކަންކަމެއް ކުރަނީ ޛިކުރުވެސް އަންހެނުން
ވިސްނާ ދަރިންނަށް އަންހެނުން ވިސްނުން ނެތީބާ ފިރިހެނުން
ވިސްނައިދެނީވެސް އަންހެނުން ވިސްނުން ނެތީމާ ފިރިހެނުން
ދެކަމެއްގެ ވާހަކަ އިވޭއިރަށް ކުލަވަރު ބަދަލުވޭ ފިރިހެނުން
ދެކަމެއް އެކީގައި ޖެއްސިޔަސް ކުރަނީ ފިސާރިވި އަންހެނުން
9 ނޮވެމްބަރު 2017
ޚިޔާލެއްދެއްވާ