ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ……

ލިޔުނީ : ނަފުއާ ޙުސެއިން – ގްރޭޑް 10

މުޅިދުނިޔޭގައި އެންމެކުރިއަރަމުންއަންނަ އެއް އިންވެސްޓެވެ. އަދި އޭގެ ފައިދާއާއި ގެއްލުން އެހާމެ ބޮޑު ވިޔަފާރިއެކެވެ. އޭގެ ބައިވަރު ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ބަލައިލި ކަމުގައިވިޔަސް އޭގެ ހެކިތައް ފެނެއެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ފަތުވެރިންގެ ގޮތުގައި އަންނަ ބައެއްމީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އަޅުގަނޑު ދަންނަވަން މި އުޅެނީ ފަތުވެރިކަމުގެ ވިޔަފާރީގެ ވާހަކައެވެ.

ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑު ސަބަބެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ރާއްޖޭގެ މިރީތި ގޮނޑުދޮށްތަކާއި ، އަމާން މުޖުތަމަޢު އާއި، ކަނޑުފަޅުގެ ރީތި ހިތްގައިމު މަންޒަރުތައް ބަލާލުމެވެ. އަދި ދިވެހިންގެ ޒަމާންވީ އާދަކާދައާއި، ސަޤާފަތާއި، ތަރިކައަކީ ފަތުރުވެރިން އެންމެ ބޮޑަށް ދެކިލާ ތަޖުރިބާ ކޮށްލަން ބޭނުންވާނެ ކަންކަމެވެ. އަދި ހަމައެހެންމެ ދިވެހިންގެ މެހްމާންދާރީއަކީވެސް އެހެން ދެވަނަ ޤައުމަކުން ނުލިބޭނެފަދަ މެހްމާންދާރީއެއްކަމުން އެކަންތަޖްރިބާކޮށްލުންވެސް ފަތުރުވެރިން އައުމުގެ ސަބަބަކަށް ފުދެއެވެ.

ރާއްޖެއަށް އަނަން ގިނަ ފަތުރުވެރިންގެ ސަބަބުން ވަރަށްގިނަ ފައިދާތަކެއް ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ވަކިވަކި ފަރުދުންނަށްވެސް ލިބެއެވެ. އޭގެ ތެރޭގައި އެންމެބޮޑަށް ފާހަގަކޮށްލެވޭ އެއްފައިދާއަކީ އަޅުގަނޑުމެންގެ މި ވަޞީލަތްތައް މަދު ދިވެހިރާއްޖޭގެ ނަން ބޭރުދުނިޔެއަށް މަޝްހޫރުވުމެވެ. އެކަމުގެ ސަބަބުން އެތައް ބައިވަރު ޑޮލަރެއް ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އަދި ވަކިވަކި ފަރުދުންނަށް ލިބެއެވެ. އެކަމުގެ ސަބަބުން ސާދާ ހިތްގައިމު އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް މަގުފަހިވެއެވެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެއެވެ. އަދި ރާއްޖޭގައި އިތުރު ރިސޯޓްތައް ހެދި ގެސްޓްހައުސްތައް ގިނަވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ރަގަޅުވެއެވެ.

ފަތުރުވެރިކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބުނުކަމުގައިވިޔަސް  ފަތުރުވެރިކަމުން ލިބޭގެއްލުމުގެވާހަކަވެސް ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ފަތުރުވެރިކަމުގެސަބަބުން އަޅުގަނޑުމެންގެ މި މުޖުތަމަޢުއަށް ބޮޑެތި ގެއްލުންތަކެއް ލިބި މުޖުތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އޭގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ޚިލާފު އެތައް ޢަމަލު ތަކަކާއި ދީނުގައި ޙަރާމްކުރެވިފައިވާ އެތައްކަމެއް ފަތުރުވެރިންގެ ކިބައިން ފެނެއެވެ. އިސްލާމްދީނާ ޚިލާފަށް ހެދުން އެޅުމާއި، ޙަރާމްކުރައްވާފައިވާ ތަކެތި ކެއުމާއި، ބުއިން ހިމެނެއެވެ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ދަސްކޮށްދެއްވާފައިވާ ރިވެތި ސާދާ ދިރިއުޅުން ފަތުރުވެރިންގެ ސަބަބުން ނެތިގެންދެއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ.

ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް މީސްމީހުންގެ ޢަމަލުތައް ހުންނަނީ ވަރަށްވެސް ތަފާތު ގޮތްގޮތަށެވެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މިރީތި ނާޒުކު ފަރުތަކާއި، ތިމާވެށި ޙިމާޔަތްކޮށްދޭ މީހުންނާއި، އެތަންތަނަށް އެމީހުންގެ ފަރާތުން ބޮޑެތި ގެއްލުންދޭ މީހުން އާދެއެވެ. މިހެން ދަންނަވަން ޖެހުނު ސަބަބަކީ ބައެއްމީހުން އަޅުގަނޑުމެންގެ މިރީތިފަރުތައް ހަލާކުކޮށްލައިގެން އެތަންތަނުގެ ދިރުންކަމުގައިވާ މުރަކައާއި ރީތިގާތައް ފަދަ ތަކެތި ނަގައިން އެމީހުންގެ އަމިލަވިޔަފާރީގެ ގޮތުގައި ބޭނުންކުރެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި، ފަތުރުވެރިކަމަށް ވަރަށްބޮޑެތި ގެއްލުންތައް ލިބެއެވެ. އަދި އެކަމުގެ ސަބުން މިސިނާޢަތަށް ނޭދެވޭ އަސަރުތައް ކުރެއެވެ.

ޓޫރިޒަމަކީ ރާއްޖެއަށް މިހާފައިދާބޮޑު ސިނާޢަތަކަށްވާއިރު މިވިޔަފާރި ރާއްޖޭގައި ދަމަހައްޓަން އެބަޖެހެއެވެ. އެކަމަކު އެކަން ކުރެވޭނީ މިދެންނެވިފަދަ ޢަމަލުތައް ފަތުރުވެރިންގެ ކިބައިން ހުއްޓުވިގެންނެވެ. އާދެ. މިފަދަ ކަންކަން ހުއްޓުވުމަކީ އަޅުގަނޑުމެންނަށް މާއުނދަގޫކަމަކަށް ނުވާނެއެވެ. ސަބަބަކީ އެފަދަކަންތައްތައް ހައްލުކުރަން އަޅުގަނޑުމެންނަށް ކުރިވިދާނެބައިވަރު ކަންކަންހުރީމައެވެ. އޭގެ ތެރޭގައި ކަނޑާއި ފަރުތަކުގެ ނާޒުކު ތިމާވެށީގެ ސާފު މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، އަދި އެފަދަތަންތަން ރައްކާތެރިކުރުމުގެ މުހިއްމުކަން ވިސްނައިދިނުމަށް މައުލޫމާތު ދެވިދާނެއެވެ. އަދި އެފަދަ ޢަމަލު ތައް އެގޮތަށް ކުރާ ފަތުރުވެރިންނާމެދު ހަރުކަށި ފިޔަވަޅު އެޅިދާނެއެވެ. އަދި މިގޮތަށް ޢަމަލުތައް ބަހައްޓާ މީހުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރުންފަދަކަންކަން ކުރެވިދާނެއެވެ.

މިދެންނެވި މަގުން އަޅުގަނޑުމެނަށް ފަތުރުވެރިންނާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ މި ޤައުމުގައި ފަތުރުވެރިކަމުގެ ސިނާޢަތު މިހާރަށްވުރެވެސް ފުޅާކުރެވޭނެއެވެ.  އަދި އަޅުގަނޑުމެން ނާޒުކު ތިމާވެށި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ހަރުދަނާ ރަގަޅު ނިޒާމެއްވެސް ޤާއިމުކުރެވިގެންދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ނަން މިހާރަށްވުރެވެސް ވިދާލާނެއެވެ. އިޤްތިޞާދީ ފުދުންތެރި މުޖުތަމަޢުއަކަށް އަޅުގަނޑުމެންނަށް ވާޞިލްވެވޭނެއެވެ.

މިލިޔުންވެސް ކިޔާލާ

ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި އިތުރު 27 ރިސޯޓް ހުޅުވާނެ – ޓޫރިޒަމް މިނިސްޓްރީ

ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އިތުރު ހަތާވީސް ރިސޯޓް ހުޅުވާނޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފިއެވެ. މިކަން ޓޫރިޒަމް މިނިސްޓްރީން ހާމަކުރީ …

ޚިޔާލެއްދެއްވާ

avatar
Nerumathi
Nerumathi

Baeh kudhin dheraaveleh bodu kamaae adhi copy ehnama copy koffa in liun share kohla dheeba pleas

burolhi
burolhi

copy eh

kurolhi
kurolhi

copy akaa wahtharukan faahaga kohllan