ފަތިހު ހޭލަން ބޭނުންތަ ؟ މިއޮތީ އެކަމަށް ޚާއްޞަ ފޯން އެޕްލިކޭޝަނެއް.

ބިޒީ ޝެޑިއުލެއްގައި އުޅެމުންދާ މީހުންނަށް ރޭގަނޑު ނިދޭއިރު ހުންނަނީ ބާރަ ނުވަތަ އެކެއް ޖަހާފައެވެ. ނުވަތަ އެއަށްވުރެވެސް ދަންވެފައެވެ. އެހެންނަމަވެސް ފަތިސް ވަޤުތު ހޭލަން ބޭނުންވެގެން ފޯނު އެލާރމް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްވެސް ގިނަ ބައެކެވެ. އެހެންނަމަވެސް ގަދަ ނިދީގައި އޮވެ ފޯނު އެލާރމްވާން ފެށުމުން ފޯނުގައި އަތްޖެހޭ ގޮތަކުންވެސް ފޯނުގެ އެލާރމް ކެނޑިގެން ދެއެވެ.

ހާސް ނުވާށެވެ. މިއޮތީ އެކަމުގެ ޙައްލެވެ. އެކަމަށް ޚާއްޞަ ފޯނު އެޕްލިކޭޝަން އެކެވެ.

“އެލާރމީ” ގެ ނަމުން ނަންދެވިފައިވާ މި އެޕްލިކޭޝަންގައި އެހެނިހެން އެލާރމިންގ އެޕްލިކޭޝަންގައި ނުހިމެނޭ ވަރަށް ގިނަ ފީޗާރސްތައް ހިމެނެއެވެ. އެގޮތުން ބޭނުން ވަޤުތަކަށް އެލާރމް ކޮށްލެވެއެވެ.

މީގެ އިތުރުން މި އެޕްލިކޭޝަންގައި އެންމެ ސަޅި ތަންކޮޅަކީ ގަދަ ނިދީގައި އޮވެ ފޯނުގައި އަތްޖެހުނަސް އެލާރމް ނުކެނޑޭކަމެވެ. އަދި ކީއްކުރަންތޯ ނިދީގައި އޮވެގެން އެލާރމް ކަނޑާވެސް ނުވެލޭކަމެވެ.

އާދެ! މި އެޕްލިކޭޝަންގައި ފޯނު އެލާރމް ކަނޑާ ލެވޭނެ ވަރަށް ތަފާތު ގޮތްތަކެއް ހިމަނާފައިވެއެވެ. އެގޮތުން ފޯނު އެލާރމްވާން ފެށުމުން ފޯނު ވަކިގޮތަކަށް ތަޅުވާލުމުން ރިންގ އޮފް ވާ ގޮތްވެސް ހެދެއެވެ. ނުވަތަ އެލާރމްވާން ފެށުމުން އެލާރމް ކަނޑާލެވޭނީ ޑިސްޕްލޭއަށް އަރާ ހިސާބު ނަންބަރެއް ހެދުމުންކަމަށް ބޭނުންނަމަ އެގޮތްވެސް ހެދެއެވެ. ނުވަތަ އެލާރމް އޮފް ކޮށްލަން ބޭނުންވަނީ ފާޚާނާގައި އިންނަ ޝޭމްޕޫ ފުޅި ފޮޓޯ ނެގުމުންކަމަށްވާނަމަ އެކަންވެސް ކުރެވެއެވެ. މިހުންނަނީ ހަމަގައިމުވެސް ގަދަނިދީގައި އޮވެ ހޭލާ ހުރެގެން ކުރެވޭނެ ކަންކަމެވެ. މިކަންތައްތައް ކޮން ނިމޭއިރު ހުންނާނީ ހަމަގައިމުވެސް ނިދި ފިލާފަތާއެވެ.

އަޅެ އަޖުމަ ބަލާލުމުގެ ގޮތުންވެސް މި އެޕްލިކޭޝަން އަޅާ ޓެސްޓްކޮށްލަ ބަލާށެވެ. ހޭލަން ބޭނުންވެގެން އެލާރމް ސެޓްކޮށްފިނަމަ އިންޝާ ﷲ އެކަން ވާނެއެވެ.

އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް މިލިންކަށް ވަންނަވާ

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz