މިއަދުގެ މެޗްގައި މިލަދޫ ސަޕޯޓަރުން ސަޕޯޓްކުރަނީ / ފޮޓޯ: ސިޔާމް-މައުރޫފް ކަޕް އެފްބީ ޕޭޖް

ފަހަތުން އަރާ މަނަދޫ ބަލިކޮށް މިލަދޫ ސެމީފައިނަލަށް

މިހާރު މާޅެންދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަމެޗުގައި މަނަދޫޓީމުން 1 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ3 ލަނޑުޖަހާ މޮޅުވެ މިލަދޫގެ ފުޓްބޯޅަ ޓީމު ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މެޗްފެށުމުގެ ކުރިންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވުނު މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅުކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ވަކިން ޙާއްޞަކޮށް މެޗުގެ ފަހުހާފުގައި މިލަދޫޓީމުގެ ފަރާތުން ފެނިގެން ދިޔަ ކުޅުން ގިނަބަޔަކު ސިފަކުރަނީ މިލަދޫ ޑީއެކްސްގެ ކުޅުން ތަކުރާރުވެގެން ދިޔަ ފަދަގޮތަކަށެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިޔާ އިނާމާ ޙަވާލުވަނީ / ފޮޓޯ: ސިޔާމް-މައުރޫފް ކަޕް އެފްބީ ޕޭޖް

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަކޮޅު މިލަދޫޓީމުން މާބޮޑަށް ލަނޑުޖަހަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މިލަދޫޓީމުގެ ކުޅުންތެރިން ގިނައަދަދަކަށް އޮފްސައިޑް މަޅީގައި ޖެހިގެން ދިޔުމެވެ. ފަހު ހާފުފެށިގެން މާގިނައިރެއް ނުވަނީސް މަނަދޫޓީމަށް ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ލަނޑު ކާމިޔާބު ކުރުމާއިއެކު ދެން ފެނިގެން ދިޔައީ މިލަދޫޓީމުގެ އެޓޭކް އެތަށްތަނަކުން ރަނގަޅުކޮށް ލަނޑެއް ޖަހަން މަސައްކަތް ފެށިތަނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މިލަދޫޓީމަށް ފުލްފުލްގައި ހުސްފުރުޞަތުތައް ލިބި ގާތްގާތުގައި ތިންލަނޑު ޖަހާ މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުތްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަޖާގަ ކަށަވަރު ކުރުމެވެ.

މިއަދުގެ މެޗު ފެށުނީންސުރެގޮސް ނިމެންދަކަށް މިލަދޫޓީމުގެ ސަޕޯރޓަރުން މިލަދޫޓީމަށްދިން ތަރުހީބު ގިނަބަޔަކު ފާހަގަކުރަނީ ނަމޫނާ ތަރުޙީބު ދިނުމެއްގެ ގޮތުގައެވެ.

މި މުބާރާތުގެ ކުއާޓާރފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ވޭތުވެދިޔަ ދެ އަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ހޮޅުދޫ އާއި ފުރަތަމަ ދެއަހަރު މިމުބާރާތް ބޭއްވި ކުޑަފަރިއެވެ. މާދަމާގެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3.30 ގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
ނެވި މަނަދޫ
ނެވި މަނަދޫ

މުބާރާތުގެ ފުރަތަަމަ މެޗުގައި މަނަދޫ ޓީމު ފުރަތަމަބައި އަންނަ މައުލޫމާތު މާސާފުވިސް