އެންމެ މަގުބޫލް ސޯޝިއަލް މީޑިޔާ އަކީ..

ލިޔުނީ : މުޙައްމަދު ފަރުހާން – ގްރޭޑް 9

ހިތްހަމަޖެހުމާއިއެކު އެއްވެސް ނުފޫޒެއް މެދުވެރިނުވެ، ދުނިޔޭގައި އުޅެން ލޯބިނުކުރާނީ ކާކުތޯއެވެ. އެއްވެސް މައްސަލައެށް ނުޖެހި ތިމާގެ އަގުވެއްޓުމުން ސަލާމަތްވާން ލޯބިނުކުރާނީ ކާކުތޯއެވެ. އާންމުކޮށް މިފަދަ ނުފޫޒުތަކާއި މައްސަލަތަކާއި ތިމާގެ އަގު މުޖުތަމައިން ވެއްޓެން މެދުވެރިވަނީ ސޯޝިއަލް މީޑިޔާތަކުގެ ސަބަބުންނެވެ. ނަމަވެސް، ސޯޝިއަލް މީޑިޔާތަކުންވެސް އިންސްޓަގްރާމް އަކީ މިފަދަ ނުބައި މައްސަލަތަކަށް މަގުފަހިކޮއްދޭ ވަޞީލަތެއް ނޫންކަމީ އަޅުގަނޑުގެ ލޮލުންދެކި އަތުން ހިފައިފައިވާ ހަގީގަތެކެވެ.

އަޅުގަނޑަކީ ޚުދު ސޯޝިއަލް އެތަކެއް މީޑިޔާ ތަކެއް ބޭނުންކުރަމުން އަންނަ ކުއްޖަކީމެވެ. އޭގެ ތެރެއިން ފޭސްބުކް، ސްނެޕްޗެޓް، ވައިބަރ އަދި އިންސްޓަގްރާމް ފާހަގަކޮއްލަމެވެ. އަޅުގަނޑު އެންމެ ފުރަތަމަ ބޭނުންކުރަމުން އައީ ފޭސްބުކް އާއި ވައިބަރއެވެ. ނަމަވެސް، އިންސްޓަގްރާމް އަޅުގަނޑުގެ ފޯނަށް އެޅުމާއިއެކު، ކުރީގައި އަޅުގަނޑު ބޭނުންކުރަމުންދިޔަ ސޯޝިއަލް މީޑިޔާތައް ބޭނުންކުރަން ހަނދާންވެސް ނުހުރެއެވެ. ސަބަބަކީ ހުރިހާ ސޯޝިއަލް މީޑިޔާތަކާއި އަޅާކިޔާއިރު އިންސްޓަގްރާމަކީ އަޅުގަނޑުގެ ނަޒަރުގައި މާ ކޮލެޓީ، މާ މޮޑާން އަދި ދުވަހަކުވެސް އެހެން އެއްވެސް މީޑިޔާއަކަށް ފަހަތައް ޖައްސާނުލެވޭނެވަރުގެ މޮޅު އެޕެކެވެ.

އިންސްޓަގްރާމަކީވެސް ހަމަ ފޭސްބުކް އެކޭ އެއްފަދައިން މަރކް ޒުކަރބާގް ގެ އުފެއްދުމެކެވެ. އިންސްޓަގްރާމް އޭ ބުނުމުން އަޅުގަނޑު ހިތަށް އެންމެ ފުރަތަމަވެސް އަރާ ބަހަކީ “ރައްކާތެރި” ނުވަތަ “ސޭފްޓީ” މި ބަހެވެ. ސަބަބަކީ އެހެން ހުރިހާ މީޑިޔާތަކާއި ޚިލާފަށް އިންސްޓަގްރާމްއަކީ ޕްރައިވެޓް އެކައުންޓް ނުވަތަ ޕްރައިވެޓް ސިސްޓަމެއް އޮންނަ އެއްޗަކަށް ވާތީއެވެ. މީގެ ސަބަބުން ތިމާ ރުހޭ މީހުންނަށް ނޫނީ، ތިމާ މުޖުތަމައުއަށް އާންމުކުރާ ފޮޓޯއެއް ނުފެންނާނެއެވެ. އަދި ހަމައެހެންމެ، ތާކުންތާކު ނުޖެހޭ މީހުންނަކަށް އެކިއެކި މެސެޖްތައް ފޮނުވާ އުނދަގޫކޮށެއްވެސް ނުހެދޭނެއެވެ.

މިއަދު މުޖުތަމައުގައި ގިނަ މީހުންތަކެއް ދަނީ ދުވަހަކަށް ވުރެ ދުވަހެއް މުޖުތަމައުއަށް ގިނަވެ ފަޟީޙަތްވަމުންނެވެ. މިކަން %99 މިވަނީ ފޭސްބުކްގެ ސަބަބުންނެވެ. ނަމަވެސް އިންސްޓަގްރާމްގައި މިހެންތޯއެވެ. ދުވަހަކުވެސް އިންސްޓަގްރާމްއިން މީހަކު ފަޟީހަތްކޮށްފައި އޮތްތަން ދުށިންހެއްޔެވެ؟ ނުފެންނާނެއެވެ.

އިންސްޓަގްރާމްއަކީ ފަސޭހައިން ވިޔަފާރިކޮށް އާމްދަނީ ހޯދުމަށް ޚިޔާރުކުރެވޭނެ އެޕެއްވެސްމެއެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުއަކީވެސް “މިރަކްލިން އިފިޝިއަލް” ނަމުގައި އަމިއްލަ ޕޭޖެއް ހަދައި އާމްދަނީ ހޯދުމުގެ މަގުޞަދުގައި އެކިއެކި ފޮތްތަކާއި ބައްތި ފަދަ ތަކެތި ވިއްކާ މީހެކެވެ.

އިންސްޓަގްރާމް އަކީ ހަފްތާއަކު ދެފަހަރު އަޕްޑޭޓް ކުރެވޭ އެޕެކެވެ. އަދި، ކޮންމެ އަޕްޑޭޓަކާއި އެކު ޕްރައިވެސީ ހައިވެގެންދެއެވެ. އިންސްޓަގްރާމްއަކީ، ބޭނުންހާ ފޮޓޯއެއް ނަގާފައި، އެއްވެސް ތަރުތީބެއް ނެތި ފޮޓޯ އަޅާ ކަހަލަ އެޕެއް ނޫނެވެ. އިންސްޓަގްރާމް އިން ގިނަ ފޮލޮވާސް ބޭނުންންމަ، ރީތި ފޮޓޯ ވަކި ތަރުތީބަކަށް އަޅައި ތިމާގެ ބަޔޯ އަކީ އެހެން މީހުން ގަޔާވާ ކަހަލަ ބަޔޯއަކަށް ހެދިދާނެއެވެ. އަދި ތިމާ ލާ ސްޓޯރީ އަކީ އެހެން މީހުންގެ ޝައުގުވެރިކަން ލިބޭ ސްޓޯރީއަކަށް ހެދުމައް ތަފާތު އެކިއެކި ބޫމަރޭންގްތައް ހެދިދާނެއެވެ.

ލިޔުނީ: މުޙައްމަދު ފަރުހާން

މުޙައްމަދު ފަރުހާން ( ފަރޫ ) އަކީ ލިޔުންތެރިކަމަށް ލޯބިކުރާ ދަރިވަރެކެވެ. އޭނާ އެންމެ ބޮޑަށް ލިޔާހިތްވަނީ ކުރުވާހަކައާއި މަޒުމޫނެވެ. ލިޔުންތެރިކަމުގެ ފަންނުގައި ފަރޫ ކުރިއަށްދާނީ ކިޔެވުމުގެ އިތުރުން ހޮބީއެއްގެ ގޮތުގައި މި ފަންނު ކުރިއެރުމުގެ ގޮތުންނެވެ. ފަރޫގެ ލިޔުންތަކަށް ގިނަބައެއްގެ ތަރުޙީބު ދަނީ ލިބެމުންނެވެ.

މިލިޔުންވެސް ކިޔާލާ

އިންސްޓަގްރާމް ގައި ހުންނަ ފޮޓޯތައް ޑައުންލޯޑް ކުރަންބޭނުންތަ؟ މިއޮތީ ފަސޭހަގޮތެއް!

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އިންސްޓަގްރާމަކީ މިއަދު ޢާއްމުންގެ ވަރަށްބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ނެޓްވޯކެކެވެ. އަދި ވަކިން ޚާއްޞަކޮށް ޒުވާނުން އެކިފާޑު …

ޚިޔާލެއްދެއްވާ

avatar