ފަހުގެ ފިލްމް ތަކާއި، ސީރީސްތައް ހިލޭ ބެލުމާއި، ޑައުންލޯޑް ކުރެވޭ ޚާއްޞަ ޕްރޮމޯޝަނެއް “ކޯއެކްސްނެޓް” އިން ފަށައިފި.

އެންމެ ފަހުގެ މަޝްހޫރު ހިންދީ ، އިނގިރޭސި އަދި ވެސް އެހެންބާވަތްތަކުގެ ފިލްމް ތަކާއި، ސީރީސްތައް މުޅިން ހިލޭ ބެލުމާއި، ޑައުންލޯޑް ކުރެވޭ ޚާއްޞަ ޕްރޮމޯޝަނެއް “ކޯއެކްސްނެޓް” އިން ފަށައިފިއެވެ.

ވަރަށް ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޓަރނެޓް ބްރޯޑްބޭންޑްގެ ޚިދުމަތް ދޭ ޕްރައިވެޓް އެންމެބޮޑު ކުންފުނި ކަމުގައވާ “ކޯއެކްސްނެޓް” އިން އާއަހަރާދިމާކޮށް މި ފެށި ޕްރޮމޯޝަނަކީ 1 މަސްދުވަހުގެ މުއްދަތަށް ފެށި ޚިދުމަތެކެވެ. މިޚިދުމަތް ބޭނުންވާ ފަރާތްތަކުން ކޯއެސްނެޓް ޕަބްލިކް ވައިބަރ ގުރޫޕް ފޮލޯކޮށްލުމަށްފަހު ނުވަތަ އެކުންފުނީގެ އައިލެންޑް ޕާރޓްނަރަކާއި، ގުޅިގެން ގޫގުލް އޮންލައިން ފޯމެއް ފުރާލުމުން އެޚިދުމަތަށް އެދެވުނީއެވެ.

ފޯމް ސެންޑް ކުރާތާ ގިނަވެގެން 1 ގަޑިއިރު ތެރޭގައި އެފޯމްގައި ހިމަނާފައިވާ މޯބައިލް ނަމްބަރަށް ކޯއެކްސްނެޓްގެ އެސްއެމްއެސް އެއް ލިބޭނެއެވެ. އެ މެސެޖްގައި ހިމެނޭނީ ކޮއެކްސްނެޓްގެ ޔޫސަރނޭމަކާއި ޕާސްވޯޑެކެވެ. ޔޫސަރ ނޭމާއި ޕާސްވޯޑް ލިބުމުން ކޯއެކްސް ނެޓަށް ކަނެޓްކޮށްލުމަށް ފަހު ލޮގިންވުމުން ސަރވާއަށް ވަދެވޭނެއެވެ. އޭރުން ކޯއެކްސްނެޓް ސަރވާގައި ހުރި ފިލްމްތަކާއި ސީރީސްތައް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފިލްމް ބަލަން ބޭނުމިއްޔާ ބަލަންވެސް ބެލޭނެއެވެ.

މި ޕްރޮމޯޝަންގައި އެންމެ ޚާއްޞަކަމަކީ މިއިން އެއްވެސް ކަމަކަށް އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި އިންޓަރނެޓް ޑާޓާއެއްވެސް ބޭނުމެއްނުވާނެއެވެ. ހަމައެކަނި ޖެހޭނީ ކޯއެކްސްނެޓްގެ ރޭންޖް ލިބޭ ސަރަޙައްދަކަށް ގޮސް އެމީހުންގެ ނެޓްވޯކަށް ކަނެކްޓް ކޮށްލާށެވެ. ފޯނުންވިޔަސް ލެޕުންވިޔަސް މިޚިދުމަތް ފަސޭހަކަމާއެކު ލިބިގަނެވޭނެއެވެ.

ކޯއެކްސްނެޓްގެ ޚިދުމަތް މިހާރުހޯދަމުން ދާ ފަރާތަކުންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ނަމަވެސް އެފަދަ ފަރާތަކުން ގޫގުލް ފޯމް ފިލް ކުރާކަށް ނުޖެހޭނެއެވެ. އެއީ މިހާރުވެސް ކޮއެކްސްނެޓްގެ ކަސްޓަމަރުން ކަމަށްވާތީ އެފަރާތްތަކުންޖެހޭނީ ހަމައެކަނި ކޯއެކްސްނެޓް ވޮޑް ( coaxnet VOD) އަށް އެކްސެސް ވެލާށެވެ. ކޯއެކްސް ނެޓް ވޮޑް ގެ އެޑްރެސް ކޮއެކްސްނެޓްގެ ލޮގިން ޕޭޖުން ފެންނާނެއެވެ.

ކޯއެކްސްނެޓް ބޭނުންކުރާ ފަރާތްތަކުން ވެސް އަދި ބޭނުންނުކުރާ ފަރާތްތަކުންވެސް ޕްރޮމޯޝަނުގެ ދަށުން ފިލްމާއި ސީރީސް ބެލުމާއި ޑައުންލޯޑް ކުރުމުގައި ސްޕީޑަކަށް ބަދަލެއް ނާންނާނެއެވެ. މިސާލަކަށް ކޯއެކްސްނެޓް ކަސްޓަމަރއެއްގެ ޕެކޭޖްގެ ސްޕީޑަކީ 256kbps ކަމުގައި ވިޔަސް ނުވަތަ 15mbps ކަމުގައިވިޔަސް ސަރވާއިން ޚިދުމަތް ހޯދުމުގައި ވަކި ތަފާތެއް ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ޕްރޮމޯޝަންގެ 30 ދުވަސް ތެރޭގައި އެއްވަރެއްގެ ސްޕީޑްގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު މިޚިދުމަތްލިބޭނެއެވެ.

މިހާރުވެސް 70 އަށްވުރެ ގިނަ ރަށްރަށަށް ، ވިޔަފާރި ކުންފުނިތަކާއި ހޯމް ޔޫސަރތައް ހިމެނޭ ގޮތުން 5000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް އިންޓަރނެޓް ބްރޯޑްބޭންޑް ޚިދުމަތް ދޭ ކުންފުނި “ކޯއެކްސްނެޓް” އިން 2018 ވަނައަހަރަށް މަރުޙަބާ ކިޔުމަށް މިފެށި ޚާއްޞަޕްރޮމޯޝަންގެ މުއްދަތަކީ ބޭނުންކުރާ މީހާގެ ފޯނަށް އެސްއެމްއެސް ލިބޭދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ. އޭގެ ފަހުން މިޚިދުމަތް ހޯއްދަވަންޖެހޭނީ ކޯއެކްސްނެޓްގެ އިންޓަރނެޓް ޕެކޭޖެއް ބައްލަވައިގަނެގެން އެނެޓްވޯކް ތެރެއިންނެވެ.

ކޯއެކްސްނެޓުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް މިޚިދުމަތް ވަރަށް ގިނަފަރާތަތަކުން ބޭނުންކުރަމުން އެބަދެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޮއެކްސްނެޓްގެ ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއްގެނެސްފި

ރޭ މެންދަމު ބާރައިން ފެށިގެން ކޮއެކްސްނެޓްގެ ފަރާތުން ވިއްކަމުން އަންނަ އިންޓަރނެޓްގެ ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން އެންމެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz