އެންމެ 3 ދުވަހުންވެސް ހިކިދާނެ! ބޭނުންވަނީ ކުޑަހިތްވަރެއް.

ހަށިގަނޑުގެ ބަރުދަން އިތުރުވެ ގައިގައި މަސްޖަހާ މީހާގެ އިސްކޮޅާ ބަރުދަނާ އަދި ބަނޑުގެ ފަލަމިން އެކަށީގެންވާ މިންވަރަށްވުރެ މައްޗަށް ދިއުމުން ބައެއް މީހުން ޤަބޫލުކުރަނީ ދެން ކިތަންމެ ވަރަކަށް މަސައްކަތްކުރިއަސް ނުހިކޭނެކަމަށެވެ. އަދި ހިކެއް މަސައްކަތްކުރާނެހާ ހިތްވަރެއްވެސް އެމީހުންގެ ނުހުރެއެވެ. މިފަދަ މީހުންނަށް މިއޮތީ ރަގަޅު ރެސިޕީއެކެވެ. އެންމެ ތިންދުވަހުންވެސް ހަށިގަނޑު ލުއިކޮށްލެވިދާނެއެވެ.

3 ދުވަސްތެރޭގައި ހަށިގަނޑުން ބޮޑުބައެއް ލުއިކޮށްލަން ނުވަތަ ހިކެން ބޭނުންނަމަ ތިރީގައިވާ ތާވަލާ އެއްގޮތަށް ތިންދުވަސްވަންދެން ތިބާގެ އެކްޓިވިޓީތަކާއި، ކެއުން ރާވާލާށެވެ. އަދި ކަސްރަތު ކުރުމަށްވެސް މިތިންދުވަހުގެ ތެރޭގައި ކަނޑައަޅާ ވަގުތު ތަކުގައި ހިތްވަރާއެކު މަސައްކަތް ކުރާށެވެ.

ކޮންމެ ރެއަކުވެސް 10 ގެ ކުރިން އޮށޯވެ ނިދަންވާނެއެވެ. ހަމައެއާއެކު ފަތިހު ފަތިސްނަމާދު ޖަމާޢަތުގައި ކުރެވޭވަރަށް ހޭލަންވާނެއެވެ. އަދި ރަގަޅަށް ފެންވަރާލައިގެން ގޮސް ޖަމާޢަތުގައި ފަތިސްނަމާދު ކޮށްލަންވާނެއެވެ. އޭގެ ފަހުގައި ވީހާވެސް ހާޑްކޮށް ކަޅު ކޮފީއެއް ބޯށެވެ. ކަޅުކޮފީ ނުބޮވޭ މީހުން ނަށް އެންމެރަގަޅީ ތާފަނާކަން ހުންނަ ފެންތައްޓަކަށް ލުބޯހުތް ކިބައެއް ފެލާލައިގެން ބޯލުމެވެ.

ކަސްރަތުގަޑި:

ކޮންމެ ރެއަކުވެސް ފަތިހު ކަސްރަތަށް ނުކުންނަންވާނެއެވެ. އެންމެލަސްވެގެންވެސް ފަތިހު 5:30 ގައި ކަސްރަތު ފަށަންވާނެއެވެ. އެންމެ ރަގަޅީ މަޑުމަޑުން ދުވުމެވެ. ދުވަން އުނދަގޫނަމަ ބާރަށް ހިނގިޔަސް އެންމެ ރަގަޅުވާނެއެވެ. ގާތްގަޑަކަށް  ގަޑިއެއްހާއިރު މިގޮތަށް ހިނގުމުގައި މެދުކަނޑާނުލައި ހޭދަކުރަންވާނެއެވެ. އޭގެ ފަހުގައި ބަނޑަށާއި، ހަށިގަނޑުގެ އެކިއެކި ބައިތަކަށް ވާންއަރާފަދަ ކަސްރަތުތަކެއް ކުރިއަށް ގެންދާށެވެ. މިގޮތަށް ކަސްރަތު ކުރުމުގައި ޕެއަރ ވެގެން ކުރުން ރަގަޅެވެ. އަދި މަދުވެގެން ބައިގަޑިއިރުވަންދެން ކަސްރަތު ކުރަންވާނެއެވެ.

ހެނދުނުސައި:

ކޮންމެ ދުވަހަކުވެސް ހެނދުނު ސަޔަށް ނުވަތަ ބްރެކްފާސްޓް އަށް ބޭނުންކުރަންވާނީ ދެ ފޮތިޕާނާއި، ކަޅުކޮފީތައްޓެކެވެ. ޕާންރަގަޅީ ޑައިޓް ޕާނެވެ. ކޮފީގެ ބަދަލުގައި ލުބޯހުތުފަނި ބޭނުންކުރުން ރަގަޅުވާނެއެވެ. ( ކައިނިމިގެން އެއްފަހަރާ މާގިނައިން ފެންބުއިން ރަޅެއް ނޫނެވެ. ފެންބޯނީ މަދުމަދުން ލަސްލަހުންނެވެ. ).

މޫދުކަސްރަތު:

ކޮންމެ ދުވަހަކުވެސް 9 ން 10 ށް ( އެއްގަޑިއިރު ) މޫދުގައި ހޭދަކޮށްލާށެވެ. މިގޮތުގެމަތިން މޫދުގައި ކަސްރަތު ކުރާއިރު އެންމެރަގަޅީ ބާރުބާރަށް ފެތުމެވެ. ފަތަން ނޭންގޭނަމަ ފައިޖެހޭ ހިސާބުގައި އިނދެގެން ފައިންނާއި، އަތުން މޫދުތެރޭގައި ހަރަކާތްތަކެއް ކުރާށެވެ.

މެންދުރު ކެއުން:

މެންދުރުކާންވާނީ ވަރަށް މަދުންނެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް ޅަހަނޑުލު ބަތާއި، ގަރުދިޔަ ނުވަތަ ކިރުގަރުދިޔަ ފޮދެއް ބޭނުންކުރާންވާނެއެވެ. ތަރުކާރީއާއި، މޭވާ ( ޓޮމާޓޯ، ކިއުކަންބާ ) ފަދަ ތަކެތި ބޭނުންކުރުމުން މައްސަލައެއް ނެތެވެ. މިފަދަ ތަކެއްޗަކީ ހަށިގަނޑުން އުނިވަމުންދާ ބައިތައް ފޫބެއްދުމުގައި އެހީތެރިވޭ ތަކެއްޗެވެ. ނަމަވެސް އެއްވެސް މިންވަރަކަށް ތެޔޮ އެކުލެވޭ އެއްވެސް އެއްޗެއް ކެއުމަކީ ރަގަޅު ކަމެއްނޫނެވެ.

ހަވީރު ސައި:

މި ތިންދުވަހު ހަވީރު ސައި ދޫކޮށްލާށެވެ. އަދި މިތިންދުވަހުގެ ފަހުންވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ އާދަވެގެން ހަވީރު ސައި ބުއިން ދޫކޮށްލާށެވެ. އެގަޑީގައިވެސް ކަޅުކޮފީ ތައްޓެއް ނުވަތަ ހަކުރު ނާޅާ ލުބޯހުތު ފަނިތައްޓެއް ބޯލެވިދާނެއެވެ.

ރޭގަނޑު ކެއުން :

ރޭގަނޑު ކެއުމަށް ބޭނުންކުރާނީ ލޯފެޓް ކިރުތައްޓަކާއެކު ޕާންފޮއްޗެކެވެ. އޭގެ އިތުރުން ތަރުކާރީއާއި މޭވާ ބޭނުންކުރުމަކުން ގޯހެއްނެތެވެ. އަދި ހަމަ ކުރިންވެސް ބުނެވުނު ފަދައިން އެއްފަހަރާ މާގިނައިން ފެން ނުބޯށެވެ. ނިދަން އޮށޯންނަމުން ފެންތައްޓެއް ބޯށެވެ.

މިގޮތުގެ މަތިން ހިތްވަރު ހުރެގެން 3 ދުވަސްވަންދެން ޑައިޓާއި ކަސްރަތު ކުރިއަށް ގެންދާށެވެ. ހަމަ ޔަޤީނުންވެސް ރަގަޅު ނަތީޖާއެއް ފެންނާނެއެވެ. އަދި މި 3 ދުވަސްތެރޭގައި ސޮފްޓް ޑްރިންކްސް ޚާއްޞަކޮށް އެނަރޖީ ޑްރިންކްސް ބޭނުން ނުކުރައްޗެވެ.

3 ދުވަހަށްވުރެ އިތުރަށް މި ޑައިޓް ޖައްސާނަމަ ސިއްޙީ އެހީތެރިއެއްގެ ލަފަޔާއެކު ކުރިއަށް ގެންދިއުން ބުއްދިވެރިވާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހިކެން ބޭނުމިއްޔާ މިބާވަތްތައް ކެއުމުގައި ހިމަނާލާ

މާމުތާއި ހޫނުފެން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި މާމުތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މާމުތް ވެފައިވަނީ ބަރުދަން ލުއި …

ޚިޔާލެއްދެއްވާ

avatar
ޢަލީ
ޢަލީ

ޞިއްޙީ އެހީތެރިއެއްގެ ލަފަޔާއެކުތަ މި އާރޓިކަލް ލިޔެފަ މިއޮތީ…

wpDiscuz