ދުނިޔޭގެ ޗާޓްގެ އިތުރުން އެހެނިހެން ޕްލެނެޓްތަށްވެސް ގޫގުލް މެޕުން މިހާރު ބަލައިލެވޭނެ.

ދުނިޔޭގައި އެއްބިލިއަނަށްވުރެ ގިނަމީހުން މިހާރުވެސް އެކިއެކި ބޭނުންތަކުގައި ބޭނުންކުރަމުންއަން ގޫގުލް މެޕަށް ވަރަށްބޮޑު އަޕްޑޭޓެއް އިއްޔެ ގެނެސްފިއެވެ.

ކުރިން ގޫގުލް މެޕް ބޭނުންކޮށްގެން ހަމައެކަނި އަރތް ( އަހަރެމެން ދިރިއުޅޭ ) ޕްލެނެޓްގެ އެކިއެކި ހިސާބުތައް ބަލައި ލެވުނަސް ފަހުން މިގެނައި އަޕްޑޭޓްގެ ސަބަބުން ދުނިޔޭގެ ބިމުގެ ސަތަހަ އާއި ޖައްވުގެ އިތުރުން އެކިއެކި ޕްލެނެޓްތައް ބަލައިލުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.

އަހަރެމެންގެ ސޯލަރ ސިސްޓަމްތެރޭގައި ހިމެނޭ ހަނދާއި، އަދިވެސް އިތުރު ގިނަ ޕްލެނެޓްތަކެއް ވަރޗުއަލްކޮށް ބަލައިލުމުގެ ފުރުޞަތު މިހާގޫގުލް މެޕްއިން ލިބޭގޮތްވުމުން މީގެ ކުރިން ބޭނުންކުރަމުން އައި އަދި ގޫގުލް އާއި ގުޅިފައިވާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން އެޕްގެ ބޭނުން ކެނޑުނީއެވެ. މި ފީޗަރވެސް މިވަނީ ގޫގުލް މެޕްގައި ހިމަނާފައެވެ.

މިއީ ގޫގުލް މެޕް ބޭނުންކުރާ ބޭފުޅުންނަށް ލިބުނު އުފާވެރި ޚަބަރެއްކަމުގައި ނޫނީ ނުވާނެއެވެ.

ގޫގުލް މެޕްގެ އާ އަޕްޑޭޓްސް ތަޖްރިބާ ކޮށްލެއްވުމަށް ތިރީގިވާ ލިންކަށް ކްލިކް ކޮށްލައްވާށެވެ.

ގޫގުލް މެޕް ވެބް ޕޭޖް ( ނިއުއަޕްޑޭޓްސް އާއި އެކު )

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
shiyan
shiyan

varah salhi liyumeh, ahmed ge liyun thah abadhuves varah kamudhey, keep it up

wpDiscuz