ލަންދޫސްކޫލްގެ ދަރިވަރުންތަކެއް / ފައިލް ފޮޓޯ

ދިރާސީ އާއަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ފޮނުވަން.

ދިރާސީ އާ އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި، މުދައްރިސުންނަށާއި ބެލެނިވެރިންނަށް އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ލަންދޫއިންފޯ ގެ ނަމުގައި ފޮނުވަމެވެ.

ނިމިދިޔަ 2017 ވަނަ އަހަރަކީ ޤައުމު ބިނާކުރުމަށް ނުކުންނާނޭ ހެޔޮލަފާ ދަރީންތަކެއް ތަރުބިއްޔަތު ކުރުމަށް ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ އެންމެހައި މަސްއޫލުވެރިން ކުރެއްވި ބުރަ މަސައްކަތާއި، ބެލެނިވެރިންނާއި ޓީޗަރުންނާއި، ދަރިވަރުންގެ ހިތްވަރުން ގިނަގުނަ ކާމިޔާބީތަކެއް ލިބިގެންދިޔަ އަހަރެއް ކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.  އަދި މިއަދަކީ ދިރާސީ އާ އަހަރެއް ފެށޭ ތާރީޚީ ދުވަހަށްވާއިރު، މާތްﷲގެ ރަޙްމަތްފުޅާއި އެންމެންގެ ބުރަމަސައްކަތުން ، ކުރީ އަހަރުތަކަށްވުރެ މިއަހަރަކީ ކާމިޔާބު އަހަރެއްކަމުގައި ވާނޭ ކަމާމެދު އަޅުގަނޑުމެން ލަންދޫއިންފޯގެ ޓީމުން ޝައްކެއް ނުކުރަމެވެ.

ޤައުމެއް ބިނާކުރުމަށް ބޭނުންވާނެ އެންމެ މުހިންމު އެއް ވަސީލަތަކީ ހެޔޮލަފާ ތަޢުލީމީ ޖީލެއް އުފެއްދުމެވެ. އެފަދަ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެންމެހާ މަސްއޫލުވެރިން ކުރައްވަމުންގެންދާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަމެވެ.

މިއަދުގެ ދަރިވަރުންނަކީ މާދަމާ ޤައުމު އުޖާލާ ކޮށްދޭނެ ބަޔަކަށްވީއިރު، މިފެށޭ ދިރާސީ އާ އަހަރަކީ ދަރިވަރުންގެ އިލްމާއި ހުނަރުގެ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެ އަހަރަކަށް ހެދުމަށް މަސައްކަތް ކުރުމަށްވެސް ދަރިވަރުންނަށް އިލްތިމާސްކުރަމެވެ.

އަދި އަޚްލާޤީ ގޮތުން ހަރުދަނާ ރަގަޅު ނަމޫނާ ދަރިވަރުން ތަކަކަށް ވުމާއެކު ދީނީ ކަންކަމަށް ލޯބިކުރާ މައިންބަފައިންނާއި، ބަލަދުވެރިންގެ ބަސްއަހާ ކުދިންނަށްވުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވަމެވެ.

އަޅުގަނޑުމެން އެންމެން މިކުރާ ހެޔޮ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. އާމީން.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދިވެހިދަރިވަރުންގެ އަޚްލާޤު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާދިއުމަށް ހައްލެއް.

މިއީ މިފަހަކަށްއައިސް ދިވެހި ކިޔަވާކުދިންގެ އަޚްލާޤު އެއްދުވަހުން އަނެއްދުވަށް ގޯސްވެ ކުދިންގެ ސްލޫކީ މައްސަލަތައް އިތުރުވެ ކިޔެވުން ދަށްވަމުންދާތީ އެކަމަށް …

ޚިޔާލެއްދެއްވާ

avatar