ހިލޭ ގުޅައި ދިނުމާއި 3 މަހުގެ ބޮޑު ޑިސްކައުންޓަކާއެކު ދިރާގުން ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް

ރާއްޖޭގައި ގެތަކާއި ވިޔަފާރިތަކަށް އިންޓަނެޓް އެންމެ ހަލުވިކޮށް ފޯރުކޮށްދޭ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން މިއަދު އިއުލާންކޮށްފިއެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އެކުންފުނީގެ ފައިބަރ ޓު ދަ ހޯމްގެ 100 އެމްބީޕީއެސް ޕެކޭޖުންލިބޭނެއެވެ.

މިއަދުން ފެށިގެން31  ޑިސެމްބަރ 2017 ގެ ނިޔަލަށް ދެމިގެންދާ ޕްރޮމޯޝަނުގައި ފައިބަރ ކަނެކްޝަނާއި އޭޑީއެސްއެލް ގުޅައިދިނުން މުޅިން ހިލެއެވެ. ހިލޭ ގުޅައި ދިނުމުގެ އިތުރުން މި ޕްރޮމޯޝަނުގައި 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތިހުރިހާ ރަށަކުން ލިބެއެވެ. ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ  5 ، 10 ، 15، 25، 50 އަދި 100 އެމްބީޕީއެސް އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
wpDiscuz