ދިރާގު ޕްރީސްކޫލް ފުޓްބޯލް ފެސްޓިވަލް ފެށިގެން ކުރިއަށް – މިއަދު 4:30 ގައި ފައިނަލް މެޗް.

ދިރާގާއި އަހްމަދިއްޔާ އިނަޓަރނޭޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ޕްރީ ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް މިއަދު ފަށައިފިއެވެ. މިއީ ދިރާގާއި އަހްމަދިއްޔާ ސްކޫލް ގުޅިގެން މި މުބާރާތް ވިދިވިދިގެން ބާއްވާ 7 ވަނަ އަހަރެވެ.

ހެންވޭރު ބޯޅަ ދަނޑުގައި އިއްޔެ ހެނދުނު ފެށުނު އެ މުބާރާތުގެ ކުޅުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މިއަދު (19 އޮގަސްޓް 2017) ހަވީރު 4:30 ގައި ފައިނަލް މެޗް އޮންނާނެއެވެ.

ދިރާގު ޕްރިސްކޫލް ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން / ފޮޓޯ: ދިރާގު

ކުޑަކުދިން ކުރިއެރުވުމާއި އަދި އެކުދިން އެކަކު އަކެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެކެވެ. އަދި މިކަމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ. މި މުބާރާތަކީ ވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެކެވެ.

ނުވަތަ ޓީމް ސްޕިރިޓް ހެދިބޮޑުވުމާއި އަދި ކުޑަކުދިން ހިމާޔަތްކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިމްމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ ކަމެކަމެވެ.

މި އަހަރުގެ މުބާރާތުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭހެން 15 ސްކޫލަކުން ވަނީ ބައިވެރިވެފައިވާއިރު 270 އެއްހާ ކުޑަކުދިން މި އަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ.

ގްރޫޕް ‘އޭ’ ގައި ވާދަކުރަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީސްކޫލް އަދި ޝައިން ލާނަރސް ޕްރީ ސްކޫލެވެ.

ގްރޫޕް ‘ބީ’ ގައި އަމީރު އަހުމަދު ޕްރީ ސްކޫލާއި ކިންޑަރ ޕްރީ ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރުމަށް ހަމަޖެހިފައިވާއިރު ގްރޫޕް ‘ސީ’ ގައި ހިމެނެނީ ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލް، ރެހެންދި ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ.

މުބާރާތުގެ ގްރޫޕް ‘ޑީ’ ގައި 3 ވާދަކުރަނީ 3 ޓީމެވެ. އެއީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ އަދި ދޮންދޫނި ޕްރީ ސްކޫލެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިއަހަރު 22 ކުދިން ގްރެޖްއޭޓްވެއްޖެ.

ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ހިންގާ ދިރާގު …

ޚިޔާލެއްދެއްވާ

avatar
wpDiscuz